ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ހަ މަސް ދުވަސް ފަހުން ހެޔޮކޮށްފި އެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މި ޑިސެމްބަރު 8 އިން ފެށިގެން ވިއްކާ ޕެޓްރޯލުގެ ލީޓަރަކުން 45 ލާރި، އަދި ޑީސަލް ލީޓަރަކުން 40 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.
https://twitter.com/stoplc/status/1732837849240903686?s=20
މި ބަދަލުގެ ސަބަބުން ދެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.33ރ. އަށް އަދި ޑީސަލް ލީޓަރެއް 14.62ރ. އަށެވެ.
މީގެ 6 މަސް ކުރިން ވަގުތަށް ހުރި ގޮތަކީ
ޖޫން 9، 2023: ޕެޓްރޯލް ލީޓަރެއް 14.73ރ، ޑީސަލް ލީޓަރެއް 15.07ރ.
މެއި 1، 2023: ޕެޓްރޯލް ލީޓަރެއް 15.14ރ، ޑީސަލް ލީޓަރެއް 15.70ރ.
އޯގަސްޓް 18، 2022: ޕެޓްރޯލް ލީޓަރެއް 15.97ރ، ޑީސަލް ލީޓަރެއް 16.32ރ.
ޖޫން 24، 2022: ޕެޓްރޯލް ލީޓަރެއް 16.55ރ، ޑީސަލް ލީޓަރެއް 16.77ރ.
ޖޫން 24، 2022: ޕެޓްރޯލް ލީޓަރެއް 12.06ރ، ޑީސަލް ލީޓަރެއް 12.44ރ. އަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.