1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ ތާރީހުގެ މުހިންމު ދައުރެއް އަދާކޮށްފައިވާ "ދާރުލްއުލޫމް"ރައްކާތެރިކުރުމަށް މަޝްވަރާކޮށްފި

dhaar
ޝަފްޢަތު ، ހުވަދޫ މީޑީއާ
673ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ތާރީހުގެ މުހިންމު ދައުރެއް އަދާ ކޮށްފައިވާ ދާރުލްއުލޫމު އިމާރާތް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މަޖީދިއްޔާ ސުކޫލުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދާރުލްއުލޫމާއި ކުރިބޯށި އިމާރާތް ދެމެހެއްޓެނިވި ގޮތެއްގައި އާބާތުރަފިލުވައި ބެލެހެއްޓުމަށް މިނިސްޓްރީއާ ސަގާފީ ތަރިކަ ރައްތެރިކުރާ ގައުމީ މަރުކަޒާ މަޖީދިއްޔާ ސްކޫލު ކުރި ގިނަ މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ.

މީގެ އިތުރުން މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މައުލޫމާތު އޮޅުންފިލުއްވިއެވެ.

300 × 250

މަޖީދިއްޔާ ސްކޫލްގެ ގޯތިތެރޭގައި ހުރި "ދާރުލް ޢުލޫމް" އަކީ ތާރިހުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބިނާއެކެވެ. އެ އިމާރާތް އެޅުމުގެ މަސައްކަތް ކުރެއްވީ މުހައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި 1952ގައެވެ.

ދާރުލް ޢުލޫމް ހުޅުވާފައިވަނީ ހިޖުރީގޮތުން، 12ރަބީޢުލްއައްވަލް 1382 ގައެވެ. 1960 އާއި 1970 ގެ އަހަރުތަކުގައި ގައުމީ ފެންވަރުގައި ބޭއްވި ބޮޑެތި ގިނަ ހަރަކާތްތައް މި އިމާރާތުގައި ބޭއްވިއެވެ. ރާއްޖޭގައި އޭރު ފޯރީގައި ބާއްވަމުން އައި ރީތީގެ މުބާރާތްވެސް ބާއްވާފައިވަނީ މި ބިނާ ހިމެނޭހެން، މަޖީދިއްޔާ ސްކޫލް ގޯތިތެރޭގައެވެ. އަދި ބޭރުގެ ވަފުދުތަކާއި، ރާއްޖޭގެ އަތޮޅުވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެން މުހިންމު އިހުތިފާލުތައްވެސް ބޭއްވުމަށް ބޭނުންކުރީ މި އިމާރާތެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ރައީސް ކަމުގެ ހުވާ ކުރެއްވީވެސް އެތަނުގަ އެވެ.

ރާއްޖޭގެ ދެކުނުގައި އުފެދުނު ހަމަނުޖެހުން ނައްތާލެއްވުމަށް ސަރުކާރަށް ބާރުދިން އެއްބަސްވުން "އޯލް ޕޯޓް ނާސިރު އެގްރީމެންޓް" ގައި ސޮއިކުރީ ވެސް އެތާނގަ އެވެ. މީގެ އިތުރުން އެއީ ރާއްޖޭގެ ވަރަށް އިސް ބައެއް ބޭފުޅުންގެ ތައުލީމީ ހަޔާތާ އެ އިމާރާތް ގުޅިފައިވެ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި