1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މެޑަމްސާޖިދާގެ އެންމެބޮޑު އަމާޒު: ގައިންގަޔަށް ނާރާ ބަލިތަކާގުޅޭގޮތުން އެންޖީއޯތަކަށް ފަންނީ އެހީ ފޯރުކޮށްދިނުން

SAJJI
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު/ ސަންގުޓީވީ އިންޓަވިއު ތެރެއިން.....ފޮޓޯ: ސަންގުއެމްވީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
260ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގައިންގަޔަށް ނާރާ ބަލިތަކާއި ގުޅޭގޮތުން ރާއްޖޭގައި އެހީތެރިކަން ފޯރުކޮށްދޭ އެންޖީއޯތަކަށް އެހީތެރިވެެެދެއްވުމަކީ އެންމެ ބޮޑު އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓްލޭޑީ މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ ސަންގުޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އިޖްތިމާއީ ދާއިރާއިން މަސައްކަތްކުރައްވާ ހިދުމަތްކުރެއްވުމުގެ ވިސްނުންފުޅު އަބަދުވެސް ގެންގުޅުއްވާކަން ފާހަގަކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ އެ ދާއިރާގައި ގިނަ އަހަރު މަސައްކަތްކުރައްވާފައި ހުންނެވުމުގެ ސަބަބުން އެފަދަ މަސައްކަތްތަކުގައި އުޅޭ ޖަމިއްޔާތަކާއެކު ކުރިޔަށް ދިއުމަށް ފަސޭހަވާނެކަމަށެވެ.

300 × 250

މެޑަމް ސާޖިދާ ވިދާޅުވީ އެކަމަނާ "އެންސީޑީ" ގައިން ގަޔަށް ނާރާ ބަލިތަކަށް ގުޅޭ ގޮތުން ބޮޑަށް ސަމާލުކަން ދެމުންދާ ސަބަބަކީ އެކަމަނާގެ މައުލޫމާތު ހުރީ ބޮޑަށް އެ ދާއިރާގައި ކަމަށްވުމުން އެދާއިރާގައި މަސައްކަތް ކުރަން ފަސޭހަވާނެތީ ކަމަށެވެ. އެހެންނަމަވެސް އޭގެ މާނައަކީ އެހެން އެންޖީއޯ ތަކަށް މަސައްކަތް ނުކުރައްވާނެ ވާހަކަ ނޫންކަން ފާހަގަކުރައްވައި މެޑަމް ވިދާޅުވީ އެހެން އެންޖީއޯތަކަށްވެސް މަސައްކަތްކޮށްދެއްވާ ގޮތަށް ހުންނެވި ކަމަށެވެ.

މީގެ އިތުރުން އެކަމަނާ ވަނީ އެންޖީއޯތަކާއި ބައްދަލުކުރެއްވިއިރު އެ ފަރާތްތަކުން ފާހަގަކުރެެއްވި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ. އޭގެ ތެރޭގައި ޖަމިޔާތަކަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ އޮފީސްތައް ހިންގުމުގެ ޖާގައިގެ މައްސަލަކަން ފާހަގަ ކުރައްވާ، ޖަމިއްޔާތަކުގެ ހިންގުމަށް އޮފީސް އިމާރާތެއް ނެތުމުގެ ސަބަބުން ގޭތެރޭގައި އިދާރީ ކަންކަން ކުރިޔަށް ގެންދަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ހަރާކާތްތެރިވަމުންދާ އެކި ޖަމިއްޔާތަކާއެކު ގުޅިގެން ކުރިޔަށް ވަޑައިގެންނެވުން އެއީ އެކަމަނާގެ އަމާޒުކަމުގައި މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވަނީ ތެލެސީމިއާ އެސޯސިއޭޝަނާއި ބައްދަލު ކުރައްވަފައި، އެ ބޭފުޅުންގެ ދަތިތައް ހައްލު ކުރުމަށް އެހީތެރިކަން ފޯރު ކޮށްދިނުމާއި ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި