މި ފަހަރު ރޯދަ މަހުގައި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިމާމްވެ ތަރާވީސް ކުރާނީ ނުހަނު ރީތިކޮށް ޤުރުއާން ކިޔަވާ އިލްމީ ދިވެހި ޒުވާން ޙާފިޡުން ކަމަށާއި މީގެ އިތުރުން ގިނަ މިސްކިތްތަކެއްގައި ދިވެހި ޙާފިޡުން ރޯދަ މަހު އިމާމުކަން ކުރާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް މިހެން ވިދާޅުވީ އެކްސް،ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. ޝަހީމް ވަނީ ކުރިން އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވައިގެންނާއި އަދި މަޤާމުން އިސްތިޢުފާ ދެއްވެވުމަށްފަހު އަމިއްލަފުޅަށް ހިންގަވާ ޖަމާޢަތްތައް މެދުވެރިކުރައްވައިގެން ގިނަ ޢަދަދެއްގެ ޙާފިޡުން އުފެއްދެވުމުގެ މަސައްކަތް ފަށްޓަވައިފައެވެ.
ތަރާވީސްކުރަން ބޭރުން ގެނެވޭ ގިނަ އިމާމުންނަށްވުރެ މާރީތިކޮށް ކިޔަވާ ޙާފިޡުން ރާއްޖޭގައި މިހާރުވެސް އެބަތިބިކަން ގިނަބައަކު ފާހަގަކުރެއެވެ. ވީމާ ރީތިކޮށްކިޔަވާ ޒުވާން ދަރިވަރުންނަށްވެސް ފުރުޞަތު ދެއްވަން އިސްލާމިކް މިނިސްޓްރީން ނިންމެވި ނިންމެވުމަށް ގިނަބައެއްގެ ތަރުހީބާއި ތައުރީފު ދަނީ ލިބެމުންނެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.