1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

58 މީހުންނާއެކު ދަތުރުކުރި ކުޅުދުއްފުށީ ބޯޓެއް ފަރަށް އަރައިފި

bahaa
ޝަފްޢަތު ، ހުވަދޫ މީޑީއާ
343ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

58 މީހުންނާއެކު ދަތުރުކުރި ކުޅުދުއްފުށީ ބޯޓެއް ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މާލެއިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި "ބަހާދަރު" ނަމަކަށް ކިޔާ ބޯޓެއްގައި ތިބި މީހުންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ބޯޓުގެ 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުންދިޔަ "ބަހާދަރު" ބޯޓު، ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު ރޭ ދަންވަރު 02:30 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، "ބަހާދަރު" ބޯޓުން ދަތުރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޯޓު އޮތް ސަރަހައްދަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް 116 ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.


300 × 250

އަދި މިއަދު ފަތިހު ބޯޓު އޮތް ސަރަހައްދަށް ގޮސް، ބޯޓުގައި ތިބި މީހުންގެ ތެރެއިން 17 މީހުން ހާބަރކްރާފްޓަށް ނަގައިގެން ހެނދުނު 06:08 ހާއިރު އެ މީހުން ށ.ކޮމަންޑޫއަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.


"ބަހާދަރު" ބޯޓުގައި މިހާރު 10 ފަޅުވެރިން މަޑުކޮށްގެން ތިބިއިރު، ބާކީ 31 މީހުން، "ފްލަޔިންގ ފިޝް 17" ނަކަމަށް ކިޔާ ދޯންޏެއްގައި ހދ. ކުޅުދުއްފުއްޓަށް ގެންދިޔުމަށް ދަނީ ދަތުރުކުރަމުންނެވެ.


ފަރަށް އަރާފައިވާ "ބަހާދަރު" ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި