މަސްތުވާތަކެއްޗާކު ތިނަދޫ ސިޓީން 24 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ ތިނަދޫ ސިޓީން ރޭ ދަންވަރު 00:57 އެހާކަންހާއިރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ މަސްތުވާތަކެތި ބޭނުންކޮށް އަދި އެފަދަތަކެތި ގެންގުޅެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށްތަހުގީގު ކޮށް ބަލަމުންދާ މިމައްސަލަ އާއި ގުޅިގެން ވިދާޅުވީ މަސްތުވާ ތަކެތީގެ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އަދި އޭނާގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ހުރި 5 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.