އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ރޭ ބުނީ ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރުގެ މަގާމަށް ކާނަލް މުހައްމަދު ޖަމްޝާދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަގާމަށް ކާނަލް ޖަމްޝާދު ހަމަޖެއްސެވި ކަމުގެ ލިޔުން ހަވާލު ކުރައްވާފައިވާ ކަމަށެވެ. ލިޔުން ހަވާލު ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުލްލަތީފެވެ. ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރެއްގެ ގޮތުގައި މީގެ ކުރިން ހުންނެވީ ކާނަލް އަހުމަދު ތޯހިރުއެވެ. މި މަގާމަށް ޖަމްޝާދު އައްޔަނު ކުރައްވާފައިވާއިރު، ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ އައްޔަނު ކުރައްވާފަ އެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.