1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގައި ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތަށް ހުރިހާ ސައިޓެއް ބްލޮކް

30102018
ފޮޓޯ: ޝަޓަސްޓޮކް
ޝަފްޢަތު ، ހުވަދޫ މީޑީއާ
607ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް، އެފަދަ ހުރިހާ ސައިޓުތަކެއް ބްލޮކްކޮށްފިއެވެ.

މިކަންުު ތަންފީޒު ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް ސަރުކާރުން އެންގިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަމާބެހޭ ރަސްމީ ބަހެއް އަދި ނުލިބެއެވެ. ރާއްޖޭގެ އެއްވެސް ނެޓްވޯކެއް މެދުވެރިކޮށް ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް މިހާރު ހަދާފައިވާއިރު، އެ ފަދަ ސައިޓެއް ލޯޑު ވެސް ދެން ނުކުރެވޭނެއެވެ.

މިފަދަ ނިންމުމެއްގެ ވާހަކަ ރަސްމީކޮށް ކުރިން ހާމަކޮށްފައި ނުވެއެވެ. އަދި މިއީ މިފަަދައިން ރާއްޖޭގައި އަމަލު ކުރަން ފެށި ފުރަތަމަ ފަހަރެވެ.

300 × 250

މީގެ ކުރިން މިކަން ތަންފީޒު ކުރުމުގެ ވާހަކަ އެކިފަހަރުމަތިން ދެކެވުނު ނަމަވެސް މިކަން ތަންފީޒު ކުރެވިފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ އެންގުމަށް ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުން ވަނީ، އިއްޔެއިން ފެށިގެން ވަކިވަކި ބަރަހަނާ ވެބްސައިޓްތަކަކަށް ރާއްޖެއިން ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައެވެ. މިގޮތުން އިންޓަރނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުން ބަންދުކޮށްފައިވަނީ ސަރުކާރުން އެކުންފުނިތަކަށް ބަންދުކުރުމަށް އެންގި ފިލްޓަރުތަކެވެ.

ރާއްޖެއަކީ، އެއްވެސް ސެންސަރެއް ނެތި އިންޓަނެޓްގައި ހުރި ހުރިހާ ކޮންޓެންޓެއް އާއްމުންނަށް ބެލޭނޭހެން ހުޅުވާލާފައި އޮތް ދުނިޔޭގެ މަދު ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ.

މިހާތަނަށް އައިރު، އިންޓަރނެޓްގެ ޚިދުމަތް ހޯދުމުގައި ބަރަހަނާ ވެބްސައިޓްތައް ބްލޮކްކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަން ޖެހެނީ، އިންޓަރނެޓް ބޭނުންކުރާ ރައުޓަރު ބޭނުންކޮށްގެން އަމިއްލަ އަށެވެ.

އަދި އިންޓަރނެޓްގެ ޚިދުމަތްދޭ ކުންފުނި މެދުވެރިކޮށް ވަކިވަކި ފަރުދުންނަށް އެފަދަ ވެބްސައިޓްތައް މީގެ ކުރިން ބަންދުކުރެވެނީ އިންޓަރނެޓްގެ ޚިދުމަތްދޭ ކުންފުނިތަކަށް ފީއެއް ދައްކައިގެންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި