މާލޭގެ ސަލްޓަން ޕާކްގެ ތެރެއަށް ވެއްޓި ހާލު ދެރަވެފައި އޮތް އަންހެނަކު ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފި އެވެ.

މިއަދު ޕާކްގެ ތެރެއަށް ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން ދުވަސްވީ އަންހެނެކެވެ. މިއަދު ހެނދުނު އެކަން ސަމާލު ކަމަށް އައީ ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތަކާ ހަމައިންނެވެ.

ފަހުން ފުލުހުން ބވަނީ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސަފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާއިން ބުނި ގޮތުގައި އެ އަންހެން މީހާއަށް އެ ހޮސްޕިޓަލުގެ އެމާޖެންސީގައި އަންނަނީ ފަރުވާދެމުންނެވެ. އަދި ބުނީ އަންހެން މީހާގެ އާއިލާއިން ގޮސް އެ މީހާއާ ހަވާލު ވެފައިވާ ކަމަށެވެ