އދ. ދިގުރަށުގައި ކޮތަޅަކަށްލައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ދެ ހަފުތާ ފަހުން ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލައިފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެ އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމުގައެވެ. ފުލުހުން މައުލޫމާތު ދީފައިވަނީ އެ އަންހެން މީހާ ހައްޔަރު ކޮސްފައިވަނީ ފުރަންގޮސް ހުއްޓާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކަމުގައެވެ. އެނގިފައިވާ ގޮތުގައި ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާއަކީ ދިގުރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީ ލަންކާ އަންހެނަކު ވިހެއި ކުއްޖެކެވެ. އެ ކުއްޖާ ކަޅު ކޮތަޅެއްގެ ތެރޭގައި އޮތް އިރު، ފޫޅު ވެސް ނުކަނޑައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވެފައި ވެއެވެ. ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށް ކޮތަޅުތަކުން ނަގަނިކޮށެވެ. އދ. ދިގުރަށުގައި ވިހެއުމަށްފަހު އެއްލާލާފައި އޮއްވާ ކުއްޖަކު ފެނިފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ދިގުރަށު ކައުންސިލުން ކުއްޖާގެ ހަށިގަޑު ހަވާލުކޮށްފައިވަނީ ފުލުހުންނާއެވެ. އެއަށްފަހު ކުއްޖާގެ ހަށިގަޑު ބާއްވާފަ އޮތީ މޯޗަރީގައެވެ. އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެންވަނީ ބަންދު ކޮށްފައެވެ. މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ސްރީ ލަންކާގެ 30 އަހަރުގެ އަންހެނެކެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.