1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުވެއިތުގެ އަމީރުގެ މައްޗަށް އައިބުގައި ކުރެވޭ ކަށުނަމާދު މިރޭ އިސްލާމީމަރުކަޒުގައި

makaz
ފޮޓޯ: އެރައިވަލްގައިޑްސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
286ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލް އަޙްމަދު އަލް ޞަބާޙް އިއްޔެ އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނުގެ ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ ރާއްޖޭގައި ވެސް ކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުވައިތަކީ ރާއްޖެއާ ވަރަށް ގާތް، އަޚުވަންތަ ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ.

އެހެންވެ، އެ ގައުމުގެ އަމީރު އަވަހާރަވުމުން އެ މަނިކުފާނުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކުރާނެ ކަމަށް އެ ޕޯސްޓުގައިވެއެވެ.

300 × 250

"ވީހާ ވެސް ގިނަ ބަޔަކު ނަމާދުގައި ބައިވެރިވެލެއްވުން އެދެން،" މިނިސްޓްރީން ބުންޏެވެ.

ކުވައިތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން، ހިތާމައިގައި ދިވެހި ދިދަ ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރުމަށް ރާއްޖެއިން ވަނީ ނިންމަވައިފައެވެ.

ކުވައިތުގެ އަމީރު ޝެއިޚު ނަވާފު އަލް-އަހުމަދު އަލް-ޖާބިރު އަވަހާރަވީ އުމުރުފުޅުން 86 އަހަރުފުޅުގައެވެ. ޝެއިޚުނަވާފު އަވަހާރަވި ވަކި ސަބަބެއް ކުވައިތުގެ އިދާރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި ޝެއިޚު ނަވާފަށްފަހު ދެން އަމީރުކަމާއި ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު ރަސްމީކޮށް އިއުލާން ކޮށްފައި ނުވިނަމަވެސް، ބެލެވޭގޮތުގައި ދެން ކުވައިތުގެ އަމީރުކަމާ ހަވާލުވެވަޑައިގަންނަވާނީ ޝެއިޚް ނަވާފުގެ އެއްބަފާ ބޭބޭފުޅު، އުމުރުފުޅުން 83 އަހަރުގެ،  މިހާރުގެ ނައިބު ޝެއިޚު މިޝާލް އަލް ޖާބިރުއެވެ. ޝެއިޚް ނަވާފު ކުވައިތުގެ އަމީރުކަމާ ހަވާލުވެވަޑައިގަތީ 2020 ވަނަ އަހަރު، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު، ޝެއިޚު ސަބާހު އަލް-އަހުމަދު އަލް-ޖާބިރު އަލް-ސަބާހު އަވަހާރަ ވުމާއި ގުޅިގެންނެވެ. ޝެއިޚު ސަބާހު އަލް-އަހުމަދު އަލް-ޖާބިރު އަލް-ސަބާހު އަވަހާރަވީ އުމުރުފުޅުން 91 އަހަރުގައި އެމެރިކާގައެވެ. ޝައިޚް ނަވާފް ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން އެތައް ޒަމާނެއް ވަންދެން އިސް މަޤާމުތައް ވަނީ އަދާކުރައްވާފައެވެ. 2006 ވަނަ އަހަރު އިރާގު ސިފައިން ތެލުގެ މުއްސަނދިކަން ލިބިފައިވާ ކުވައިތަށް އަރައިގަތްއިރު އޭނާ ހުންނެވީ ޑިފެންސް މިނިސްޓަރުގެ މަގާމުގަ އެވެ. އަދި ހަތިޔާރު އެޅި ޖަމާއަތްތަކުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އިންޓީރިއާ މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. ނަވާފްއަކީ، ވެރިކަން ކުރާ އަލް ސަބާހް އާއިލާގެ ތެރޭގައި މަގުބޫލު، މަޑުމައިތިރިކަމުގެ ޝަރަފު ލިބިވަޑައިގެންފައިވާ އަދި ވަރަށް ބޮޑަށް ލޯ ޕްރޮފައިލް އެއް ދެމެހެއްޓެވި ބޭފުޅެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި