1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މި ސަރަހައްދުގައި އޮތް އެންމެ ދުވަސްވީ ދައުލަތަކީ ދިވެހި ދައުލަތް: އާދަމް ނަސީރު އިބްރާހީމް

sat
ފޮޓޯ: ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
275ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސަރަހައްދުގައި އޮތް އެންމެ ދުވަސްވީ ދައުލަތަކީ ދިވެހި ދައުލަތް ކަމަށް ދިވެހި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ ހާއްސަ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން އާދަމް ނަސީރު ވިދާޅުވީ ދުނިޔޭގެ ތާރީހުގެ ދައުލަތްތަކުގެ ވެރިކަން ކުރި ރަށްތަކަށް ބަލާއިރު މެދު ނުކެނޑި އެންމެ ގިނަ ދުވަހު ވެރިކަންކުރި ރަށްރަށުގެ ލިސްޓުގައި މާލެ ހިމެނޭ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ އީސާގެފާނުގެ މީލާދަށް 2000 އަހަރު ވެގެންގޮސްފައިވާއިރު، ދިވެހި ދައުލަތް އީސާގެ ފާނުގެ މީލާދަށްވުރެ ދޮށި ކަމަށެވެ.

300 × 250

އަދި ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި ދިވެހި ދައުލަތަށް 4000 އަހަރު ވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އާދަމް ނަސީރު ވިދާޅުވީ މި ދިގު މުއްދަތުގައި ދިވެހިން ގަބޫލުކުރީ މިނިވަންކަމާއި އަމިއްލަ އިސްތިގްލާލް ކަމަށެވެ.

ދިވެހިންނަކީ އަމިއްލަ ފައިމަށްޗައް ތެދުވެތިބި އަމިއްލަ ހަލޯރަތެއްގެ ބައެއް ކަމަށް ވިދާޅުވަމުން އަދަމް ނަސީރު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިވެހިންނާއި ބެހޭ ފަތްފުށްތައް ހޯދުނު ވަރަކަށް އެ ހަގީގަތަށް އިތުރަށް ބާރުލިބެމުންދާ ކަމަށެވެ.

މިގޮތުން ގައުމިއްޔަތުގެ މި މޫސުމުގެ މޭވާ ނިކަން މީރުވާނެކަމުގެ ޔަގީންކަން ދިވެހި ތާރީހު ދިވެހިންނަށް ދޭކަމަށް ވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ އޭގެ ފައިދާ ހަށިގަނޑާއި ރޫހަށާއި ނަފްސައް ފޯރާނެ ކަމަށެވެ. އަދި ހުރަވީ ދުވަހުގެ ބަތޮލް ދޮންބަންޑާރައިގެ ތާރީހުން އެކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށްވެސް އާދަމް ނަސީރު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި