ހުރަވީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް މާލޭ، ސޯޝަލް ސެންޓަރުގައި ބޭއްވި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި މި ސަރުކާރުން ބޭނުންވަނީ ގާނޫނު ނަގަހައްޓައި، އިސްލާމްދީނަށް ނަސްރުދޭން ކަމަށެވެ. އެގޮތުން ފަރުޟު ފަސް ނަމާދަކީ އިސްލާމްދީނުގެ މުހިންމު އެއް ތަނބަށްވާއިރު އެ މަނިކުފާނު ވަނީ ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި ގާއިމުކުރަން އިލްތިމާސް ކުރައްވާފައެވެ.
ފަތިސް ނަމާދު ޖަމާއަތުގައި ކުރުމަށް ބާރުއެޅުއްވުމާ ގުޅިގެން ރައީސް ޑރ މުއިއްޒު އަށް ވަނީ ތައުރީފު އޮހެން ފަށާފިއެވެ.

"ޚާއްޞަކޮށް ފަތިސްނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދެއްވާ! ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ އަޅުގަނޑުގެ ހިތުގެ ދުޢާއެއް،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވީ ނަމާދުގެ ޖަމާއަތް ބައިބޯ ވެއްޖެ ނަމަ މުޅި ގައުމު ވަރުގަދަވެ، އުފާވެރިވެ ބާއްޖަވެރިވާނެ ކަމަށެވެ.
ރޭ ޖަލްސާގައި ފަތިސް ނަމާދު ޖަމާއަތުގައި ކުރެއްވުމަށް ބާރުއަޅުއްވައި ވާހަކަ ދެއްކެވުމަށް ފަހު ރޭގެ ފަތިސް ނަމާދުގެ ޖަމާއަތަށް ރައީސް ވަޑައިގަތުމާ އެކު ވެސް ގިނަ ބަޔަކު ވަނި އެ ކަމަށް ތައުރީފު ކޮށްފައެވެ. އަދި އެވާހަކަ ތައް ދަނީ ސޯޝަލް މީޑިއާ ތަކާ ޙަބަރު ފަތުރާ ވަސީލަތްތަކުން އާންމު ވަމުންނެވެ.