1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޤައުމީ ސަލާމް ކިޔުން ސައްހަވެފައި ހުއްދަ، ހަރާމްކުރާނެ ދަލީލެއް ނެތް: ފަތުވާ މަޖިލިސް

vazre
ފޮޓޯ: ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
375ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޤައުމީ ސަލާމް ކިޔުން ހުއްދަކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން މިއަދު ފަތުވާ ނެރެފިއެވެ.

ފަތުވާ މަޖިލީހުން ބުނީ ޤައުމީ ސަލާމް ކިޔުމާއި ދިވެހި ދިވެހި ޤައުމީ ދިދައަށް ސަލާމް ކުރުމާއި ޤައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ޤައުމީ ސަލާމް ކިޔާ ވަގުތު މޭމަތީގައި އަތް ބޭއްވުން ހަރާން ކުރާނެ ސައްޙަ ދަލީލެއް ނެތް ކަމަށާއި އެކަމަކީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައި ބުނެފައިވަނީ އާދަކާދައާ ގުޅޭ ކަމެއް ހަރާމް ކަމެއްގެ ގޮތުގައި ކަނޑައެޅޭނީ ސަރީހަ ދަލީލަކުން ސާބިތުވުމުން ކަމަށެވެ. އަދި މައްސަލަ ދިރާސާކުރުމަށް ފަހު، އެކަން ހަރާމް ކުރާނެ ސަރީހަ ދަލީލެއް ނެތުމުން ހުއްދަ ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ފަތުވާގައި ބުނެފައިވެއެވެ.

300 × 250

މީގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ސެޝަން ފެށުމުގެ ކުރިން ޤައުމީ ސަލާމް ކީ ނަމަވެސް، ދީނީ ހިޔާލުތަފާތުވުންތަކާ ގުޅިގެން ބައެއް ސްކޫލްތަކުން ވަނީ އެކަން ކުރަން ހުއްޓާލާފައެވެ.

އިސްލާމް ދީނާއި ޤައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީހާއި ސަޤާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށްޓަކާ ސްކޫލްތަކުގައި ޤައުމީ ފެންވަރުގެ ޚާއްސަ ޕްރޮގްރާމްތައް ހިންގަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒްގެ ސަރުކާރުގެ ކެބިނެޓުން މި މަހުގެ 5 ވަނަ ދުވަހު ވަނީ ޤައުމިއްޔަތަށް ލޯބި ޖެއްސުމަށްޓަކާ، ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤައުމީ ސަލާމުން ކިޔެވުން ފަށާ ގޮތަށް ނިންމާފައެވެ. އެގޮތުން، މި ދިރާސީ އަހަރުގެ ދެވަނަ ޓާމާ އެކު ހުރިހާ ސްކޫލެއްގައި ޤައުމީ ސަލާމް ކިޔަވާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި