ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުގެ ފަރާތުން ހޯއްދެވުމަށް އެދިލެއްވި ލުއިތައް ރައީސް ޔާމިންގެ ގާނޫނީ ވަކީލު އާދަމް ޝަމީމު ހާމަކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ފަރާތުން އެދިލެއްވީ ގެއަށް ނުވަތަ އޮފީހަށް ނޫސްވެރިޔަކު އައިސް ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ނުވަތަ ބަސްދީގަތުން ދިނުމުގެ ހުއްދައިގެ އިތުރުން ރައީސް ޔާމިނާއި ބައްދަލުކުރުމަށް އެދޭ މީހުންނާ އަމިއްލަ ގެއިން ބަދަލުުކުރުމަކީ އެންމެ ފަސޭހަގޮތް ކަމަށް ނުވާނެތީ ބައްދަލުކުރަން އެދޭ މީހުންނާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ އޮފީހުގައި ބައްދަލުކުރުމުގެ ހުއްދައަށް ކަމުގައި ޝަމީމު ވިދާޅުވިއެވެ.
އާދަމް ޝަމީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރުވެސް ދީފައިވާ ލުއިތަށް ދިން ގޮތަށް މި ލުއިތަށް ދިނުމަކަށް ވެސް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށާއި އެ ލުއިތަށް ދިން ގޮތަށް މި ލުއިތަށް ވެސް ދެވޭނެ ކަމުގައެވެ.
ކުރީގެ ރައީސް ޔާމިން އެމަނިކުފާނު އަލަށް އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ އޮފީހަށް ވަޑައިގެންނެވި މައްސަލަ ބަލުމުންދާ ކަމަށްވެސް ކެރެކްޝަންސްއިން ބުނެފައިވެއެވެ. އެހެންނަމަވެސް އެމައްސަލަތަކާއި ގުޅުންހުރި އިތުރު މައުލޫމާތެއް ފަހުން ކަރެކްޝަންސްއިން ހާމަކޮށްފައެއް ނުވެއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ފަހުން ވިދާޅުވީ، ރައީސް ޔާމީންގެ ބަންދަށް ލުއިތަކެއް ހޯދުމަށް އެދިފައިވީނަމަވެސް، ނަމަވެސްޤާނޫނީ ފުށު އެރުންތަކެއް ހުރުމުން އިތުރު ލުއިތަކެއް ދެވެން ނެތްކަން އަންގާފައިވާ ކަމަށެވެ.
ގާނޫނީ ގޮތުން ފުށުއަރާކަމަށް ކަރެކްޝަނުން ދިން ޖަވާބަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ނުފޫޒުން ދެއްވި ޖަވާބެއްކަމަށް ޑރ މުހައްމަދު ޖަމީލު ތުހުމަތު ކުރައްވައި ވާހަކަފުޅު ދެއްކެވި ނަމަވެސް އެއީ ހުދު ރައީސް ޔާމީން އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ޖަލު ގައިދީންނަށް މަނާކުރައްވަން ގާނޫނަށް އިތުރުކުރެއްވި ގަވާއިދުތަކެކެވެ. އަދި އެއީ ރައީސް ޑރ މުއިއްޒުގެ މި ދައުރު ފެށުމުގެ މާ ބޮޑަށްވެސް ކުރީގައި ގާނޫނަށް އިތުރު ކުރެވުނު ގަވާއިދުތަކެކެވެ. އެގަވާއިދުތަކަކީ ޖަލުން ރައީސް ދެއްވާ މާފުގެ ދަށުން މިނިވަން ކުރި ގައިދީންނަށް އެއްވެސް ސިޔާސީ ކަމެއްގައި ބައިވެރިވެ، ބަސްބުނުން ފަދަ ކަންކަން މަނާ ކުރާ ޝަރުތުތަކެއް ކަމަށް ކަނޑައެޅި ގަވާއިދުތަކެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.