ސްކޮލަރޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ދަރިވަރުންގެ ނަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފި އެވެ.

މިއަހަރު ބީއެމްއެލް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަކީ:

  • އައިމިނަތު އަލްޔާ ޝާވިން
  • މުހައްމަދު ސާޖިއު އިސްމާޢީލް
  • މުހައްމަދު އައިކު އަލީ


ބީއެމްއެލްއިން ބުނީ މިއީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެއް ކަމަށެވެ. މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަސިޓީ އިން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެ ކަމަށްވެސް ބީއެމްއެލްއިން ބުނެ އެވެ. ބީއެމްއެލްއިން މި ސްކޮލާޝިޕް ޕްރޮގްރާމް ހުޅުވާލެވުނީ ތައުލީމީ ގޮތުން މަތީ ނަތީޖާ ހޯދާފައިވާ، ދިވެހިރާއްޖޭގެ ބޭންކިންގ އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށެވެ. މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ބޭންކިންގ އެންޑް ފައިނޭންސް އިން ފެށިގެން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިންގ އާއި އެނަލެޓިކްސް ފަދަ ބޭންކިންގއާ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން ގިނަ ދާއިރާތައް ހިމެނޭހެން ތައުލީމް ހާސިލްކުރުމަށް އެ ދަރިވަރަކު ބޭނުންވާ ދާއިރާއެއް ހިޔާރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާރލް ސްޓުމްކަ ވަނީ މިއަހަރުގެ ސްކޮލަރޝިޕް ލިބޭ ދަރިވަރުންގެ ގޮތުގައި ހޮވާފައިވާ ތައުލީމީ، ގާބިލު، ތިން ދަރިވަރުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާފައެވެ. މިދިޔަ އަހަރު ބީއެމްއެލް ސްކޮލާޝިޕް ފަންޑު ލިބުނު ތިން ދަރިވަރުން އަންނަނީ ޔޫކޭ އަދި އޮސްޓްރޭލިއާ ގައި މަތީ ތައުލީމު ހާސިލުކުރަމުންނެވެ.