ރާއްޖޭގައި ކުނި މެނޭޖްކުރުމަކީ، ވޭތުވެދިޔަ އަހަރުތަކުގައި އަޅާނުލެވިފައި އޮތްކަމަކަށް ވިޔަސް، ރައީސް ޑރ. މުހައްމަދު މުއުއްޒުގެ ވިސްނުންފުޅު ހުންނެވީ އެ މައްސަލަތަކަށް ސްޓްރެޓީޖިކަލީ ހައްލު ހޯދައިދިނުމަށްކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދ އަތޮޅަށް ހަފްތާ ބަންދުގެ ތެރޭގައި ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ.
އެ ދަތުރުފުޅުގައި މިނިސްޓްރީގެ އިސް ވަފުދެއްވަނީ ދ. ކުޑަހުވަދޫއާއި ދ.ހުޅުދެލިއާއި ދ.ރިނބުދޫއާއި ދ.މީދޫއާއި ދ.ބަނޑިދޫ އަދި ދ.މާއެނބޫދޫއަށް ޒިޔާރާތް ކުރައްވާ، އެރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތައް ބައްލަވާލައްވާފައެވެ. މިނިސްޓްރީން ބުނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ ދަތުރުގައި ހުރިހާ ރަށަކުންވެސް ފާހަގަކޮށްފައިވަނީ ކުނި މެނޭޖްކުރުމުގެ މައްސަލަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދ އަތޮޅުގެ ގިނަ ރަށްރަށުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ގޮތްތައް މިހާތަނަށް ނެތް ކަމަށާއި އެހެންކަމުން ކުނިމެ ނޭޖްކުރެވޭނެ ގޮތްތައް ހަދައިދެއްވުމަށް އެ ރަށްރަށުގެ ރައްޔިތުން އެދިވަޑައިގެންނެވި ކަމަށެވެ. އަދި ތޯރިގު ވަނި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި މައްސަލަތަކަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށް ފާހަގަކުރައްވާފައެވެ. ތޯރިގު ވިދާޅުވީ ދަތުރުގެ ރިޕޯޓް ހަފްތާ ފެށުމާއެކީ ރައީސް ޑރ. މުއިއްޒުގެ އަތްޕުޅަށް އަރުއްވާނެ ކަމަށާއި އޭގެ ސަބަބުން މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދިގެންދާނެ ކަމަށާއި ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅަކީ ރާއްޖެއަށް ދިމާވެފައިވާ މިފަދަ ގޮންޖެހުންތަކަށް ވިސްނުންތެރިކަމާއެކީ ސްޓްރެޓީޖިކަލީ ހައްލު ހޯދުން ކަމަށެވެ. އެ މަސައްކަތް މިދިޔައީ ފެނިގެން ކަމަށާއި ދ. އަތޮޅުގެ ހުރިހާ ރަށަކަށް އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ރައީސްގެ ކެބިނެޓްގެ ގިނަ ބޭފުޅުން އެއް ފަހަރާ ފޮނުއްވިކަން ފާހަގަކުރައްވާ ތޯރިގު ވިދާޅުވީ ރައީސްގެ ބޭނުންފުޅަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ގާތުން މަސައްކަތްކުރުން، ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.