ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި އިންޑިއާއިން ދީފަ އޮތް ޑޯނިއާ ބޭނުން ނުކުރުމަށް ކެބިނެޓްގައި މަޝްވަރާ ކޮށްފައި ނުވާކަމުގައި ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވުނު ކެބުނެޓް ބައްދަލުވުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ ސަރުކާރުގެ ނިންމުމަކީ ހާލަތާއި ގުޅޭގޮތުން ޑޯނިއަރވެސް ބޭނުން ކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ބޭނުން ކުރާކަމަށާއި، އެހެންނަމަވެސް ކެބިނެޓްގައި މަޝްވަރާ ކޮށްފައިވަނީ  އަންނަ މާރޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އެއަރ އެއައެމްބިުލަންސްގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމުގައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ދެ ފްލައިޓެއް ބޭނުން ކޮށްގެން ކަމަށާއި، ޚިދުމަތް ފަށާނީ، މޯލްޑިވިން އެކަމަށް  ޚާއްސަ ކޮށްފައި އޮތް ދެ އެއަރ އެމްބިއުލާސްއެއްގެ ބޭނުން ކޮށްގެން ކަމަށެވެ.

ރާއްޖޭގައި މިހާރު އޮތް ޑޯނިއަރ މަތިންދާ ބޯޓު، މިހާރު އައްޑޫގައި ކުރިޔަށްދާ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި ބޭނުން ނުކުރާތީ ގިނަ ބައެއްގެ ފާޑުކިއުން ދަނީ ސަރުކާރަށް އަމާޒު ވަމުންނެވެ.

އެހެންނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި ޑޯނިއަރ ބޭނުން ނުކުރުމަށް ސިޔާސަތެއްގެ ގޮތުގައި ސަރުކާރުން ނިންމާފައި ނުވާކަމުގައެވެ.