ހުވަދުއަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ދެއްވަދޫ ކައުންސިލް ހޮވިއްޖެއެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީއިން ކައުންސިލްތަކަށް ދެމުން އަންނަ "ކަންގަތި" އެވޯޑަކީ ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްގައި އެންމެ މަތިން މާކްސް ހޯދަމުންއަންނަ ކައުންސިލްތަކަށް ދެމުންދާ އެވޯޑެކެވެ.
މި އިންޑެކްސްގައި ބަލާ ކަންކަމުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ޢަމަލުކުރުމާއި ކައުންސިލްތަކުގެ ބައިވެރިވުމާއި ޒިންމާތައް އަދާ ކުރުމުގެ މިންގަނޑުތައް ހިމެނެވެ. އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީއިން ކޮންމެ އަހަރަކުވެސް ކޮންމެ އަތޮޅަކުން އެންމެ ރަނގަޅު ކައުންސިލްތައް ރޭންކު ކުރަނީ ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސް އަށް ބަލައިގެންނެވެ.
މިގޮތުން 2022 ވަނަ އަހަރު ގއ، އަދި ގދ އަތޮޅުން އެއްވަނަ ކައުންސިލްއަކަށް ހޮވިފައިވަނީ ގއ. ދެއްވަދޫ ކައުންސިލެވެ. އެއީ ޕާފޯމެންސް އިންޑެކްސް އިން 0.2245 ހޯދައިގެންނެވެ.
ގއ. އަދި ގދ ރޭންކިންގ
1. ގއ. ދެއްވަދޫ ކައުންސިލް – 0.2245
2. ގދ. ހޯޑެއްދޫ ކައުންސިލް – 0.1925
3. ގއ. ވިލިގިނލީ ކައުންސިލް – 0.1660
4. ގދ. މަޑަވެލީ ކައުންސިލް – 0.1652
5. ގއ. ނިލަންދޫ ކައުންސިލް – 0.1557
6. ގދ. ނަޑެއްލާ ކައުންސިލް – 0.1542
7. ގދ. ގައްދޫ ކައުންސިލް – 0.1530
8. ގއ. ކަނޑުހުޅުދޫ ކައުންސިލް – 0.1426
9. ގދ. ތިނަދޫ ކައުންސިލް – 0.1351
10. ގދ. ފިޔޯރީ ކައުންސިލް – 0.1335
11. ގދ. ރަތަފަންދޫ ކައުންސިލް – 0.1325
12. ގއ. ކޮލަމާފުށި ކައުންސިލް – 0.1287
13. ގއ. ދާންދޫ ކައުންސިލް – 0.1134
14. ގއ. މާމެންދޫ ކައުންސިލް – 0.1002
15. ގއ. ގެމަނަފުށި ކައުންސިލް – 0.0842
16. ގދ. ފަރެސްމާތޮޑާ ކައުންސިލް – 0.0807
17. ގއ. ކޮނޑޭ ކައުންސިލް – 0.0776
18. ގދ. ވާދޫ ކައުންސިލް – 0.0623
2022 ވަނަ ދެއްވަދޫ ކައުންސިލް ވަނީ ހުރިހާ ކައުންސިލް ތަކުގެ ރޭންކިންގ އިން 24 ވަނަ ހޯދާފައެވެ. އެއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު 18 ދަރަޖައިގެ ކުރިއެރުމެކެވެ.
2021 އަދި 2022 ވަނަ އަހަރުގެ ރޭންކިންގ އަދި މާކްސް
2021 ވަނަ އަހަރު: ރޭންކިންގ 42 ވަނަ އަދި 0.1826 މާކްސް.
2022 ވަނަ އަހަރު: ރޭޭންކިންގ 24 ވަނަ އަދި 0.2245 މާކްސް.
މިކަމާއި ގުޅިގެން ދެއްވަދޫ ކައުންސިލްގެ އޮފިޝަލަކު ހުވަދޫ އަށް ވިދާޅުވީ މިއީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި މިގޮތުގައި މުޅި ކައުންސިލް ދެމިއޮންނާނޭ ކަމުގައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އޮފިޝަލް ވިދާޅުވީ މިއީ މުޅި ކައުންސިލްގެ ހީވާގި މުވައްޒަފުންގެ ބުރަމަސައްކަތް ކަމަށާއި މިފުރުޞަތުގައި އެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
ދެއްވަދޫ ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުންގެ ހުރިހާ ވެސް ވިސްނުމަކީ ރައްޔިތުންނަށް ވީހާވެސް ގާތުން ހިދުމަތް ދިނުން ކަމަށާއި، ކައުންސިލްގެ މަސައްކަތުން ރަށަށް ކުރިއެރުން ގެނައުމަކީ އެބޭފުޅުންގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތު ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ވެސް މި މަގާމް ދެމެހެއްޓުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށާއި ރައްޔިތުންގެ ހެވާއި ލާބައަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަންދެއްވާ ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.