ރާއްޖޭގައި އިސް ރަށްވެހީންގެ ހާއްސަ އިޖްތިމާއީ މަރުކަޒުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މުއިއްޒު މި ނިންމެވުން ނިންމަވާފައިވަނީ އިއްޔެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއިބެހޭ ވުޒާރާއިން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
އެގޮތުން މިފަދަ ފުރަތަމަ މަރުކަޒު ކީރިތި ގުރުއާނާއިބެހޭ މަރުކަޒުގެ ގޮތުގައި ކުރިން ބޭނުންކުރި އަދި ނާދީގެ ގޮތުގައިވެސް ކުރިން ބޭނުންކުރި ތަނުގައި ގާއިމްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތަށް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަމުގައި މިއަދު ރައީސް އޮފީހުން ހާމަކުރިއެވެ.
އެގޮތުން ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކީ މިހާރު އިސް ރަށްވެހިން ކަމުގައިވާއިރު، އަދި އެ އިސް ރަށްވެހީންނަކީ ދައުލަތަށާއި ގައުމަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވައި ރިޓަޔާ ކުރައްވާފައިވާ ފަރާތްތައް ކަމުގައިވާއިރު އެ ފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށްވެސް މުހިންމު ސިޔާސަތެއްކަން ފާހަގަކޮށްފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.