ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފިއެވެ.

މިއީ ޑރ. މުއިއްޒު ރައީސް ކަމާއި ހަވާކުވުމަށްފަހު ކުރީގެ ރައީސް މައުމޫންއާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުކުރެއްވުމާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ރައީސް މައުމޫން ރައީސް މުއިއްޒުއާއި ބައްދަލު ކޮށްފައިވާއިރު، ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫން ތާއީދު ކުރައްވާފައިވަނީ އެމްއާރުއެމްގެ ފަރާތުން ވާދަކުރި ފާރިސް މައުމޫންއަށެވެ. އެމްއާރުއެމްއަކީ މިހާރު އުވާލުމަށް ނިންމާފައިވާ ޕާޓީއެކެވެ. އެހެންނަމަވެސް ކޯޓުން ވަކި ގޮތެއް ނިންމަންދެން އެޕާޓީ އުވާނުލުމަށް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. ރައީސް މުއިއްޒު ދާދިފަހުން ވަނީ ރައީސް ސާލިހު ފިޔަވާ އެހެން ހުރިހާ ސިޔާސީ ލީޑަރުންނާއި ރައީސް އޮފީހުގައި ބައްދަލު ކުރައްވާފައެވެ.-