އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

މައްކާގެ ބިމުގައި ނިޔާވެފައި ވަނީ "މީގާތު ހައްޖު އެންޑް އުމްރާ" ގްރޫޕު މެދުވެރިކޮށް އުމްރާއަށް ގޮސް އުޅުނު ހދ ހަނިމާދޫ މީހެކެވެ.

ހަނިމާދޫ/ އަލަމާގޭ، 68 އަހަރުގެ ހާލިދު އިބްރާހީމް ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައިކަމަށް މީގާތު އުމްރާ ގްރޫޕުން ބުންޏެވެ. މީގާތު ހައްޖު ގްރޫޕުން ހާލިދު ނިޔާވި ސަބަބެއް ނުބުނެއެވެ.

ހާލިދުގެ މައްޗަށް ކަށުނަމާދު ކުރީ މިއަދުގެ އަސުރުނަމާދަށްފަހު މަސްޖިދުލްހަރަމްގައެވެ.

އަހަރުގެ މިހާތަަނަށް އުމުރާއަށް ދިޔަމީހުންގެ ތެރެއިން ފަސްމީހަކު ވަނީ ނިޔާވެފައެވެ.