ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ އައު ސްކޫލުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.
ހުޅުމާލެ ފޭސްދޭއްގެ ހިޔާގެ 15 އަދި 16 ވަނަ ޓަވަރުގެ އިރުމަތިން އޮންނަ ބިމުގައި މިއަދު ބިންގާއެޅި މިސްކޫލަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އެޅުމަށް ހަވާލުކުރި ސްކޫލެކެވެ.
ހުޅުމާލެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގެ ތެރޭން ފޭސް 2 ގައި ބިނާކުރާ މި ސްކޫލަކީ 54 ކްލާސްރޫމާއި ހޯލަކާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަޞީލަތްތަކުގެ އިތުރުން ޓާފް ދަނޑެއް އެކުލެވޭ ގޮތަށް އިމާރާތް ކުރެވޭ ސްކޫލެކެވެ.
މިސްކޫލަކީ 1700 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.
މިސްކޫލު އެޅުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އާރްސީސީއާ ހަވާލުކުރީ، 27 ޖޫން 2021ގައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.