ހުޅުމާލެ ހިޔާ އަވަށުގައި އިމާރާތް ކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރު ކުރުމަށް ވަރަށް އަވަހަށް ބަޔަކާ އެކު އެގްރީމަންޓް ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ކެމްޕެއިން ގައި ހިޔާ އަވަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ހިޔާ ޓަވަރުތަކަށް ފަސޭހަ އިން އަރާ ފޭބޭނެ ގޮތް ހެދުމަށް އިތުރު ލިފްޓްތައް ހަރުކުރުމެވެ. ރައީސް މުއިއްޒު ވަނީ ކޮންމެ ޓަވަރެއް ގައި އިތުރު ދެ ލިފްޓް ހަރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށް ފޮނުއްވާފައިވާނެ ކަމަށް ފަހުން ވިދާޅުވި އެވެ.
ހިޔާ އަވަށުގައި އިމާރާތް ކުރާ އާ ސުކޫލުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެެ އަވަށަށް ވެވަޑައިގެންނެވި ވައުދުތައް ހަނދުފުޅުގައި އެބަހުރި ކަމަށް ވިދާޅުވެފައެވެ. އަދި ވައުދުވެވަޑައިގެންނެވި ގޮތަށް ކޮންމެ ޓަވަރެއް ގައި އިތުރު ދެ ލިފްޓް ބަހައްޓަވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ނިންމުންތައް ނިންމާ އެގްރީމަންޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.