ޒުވާނުންގެ ހުނަރާއި ޝައުގުވެރިކަން ހުރި ދާއިރާތަކުގެ ވަޒީފާތައް ދިވެހިންނަށް ހާއްސަކުރަން ސަރުކާރުން ނިންމި ނިންމުމަށް ގިނަ ބައެއްގެ ތައުރީފް ލިބިއްޖެއެވެ.
ދިވެހިންނަށް ހާއްސަކުރަން ނިންމާފައިވަނީ ޕައިލެޓުންނާއި ޓީޗަރުންނާއި ޓޫރިޒަމްގެ މެނޭޖުމަންޓު، މި ތިން ދާއިރާގެ ވަޒީފާތަކެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާންކުރައްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިކަން ކުރަން ނިންމީ މިކަމާ ގުޅޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
އެގޮތުން ދިވެހިންނަށް ހާއްސަކުރަން ހަމަޖެހިފައިވާ ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ:
- ހެއާޑްރެސާ
- ބޭބީސިޓާ
- ޕާސަނަލް ޓްރެއިނާ
- ބިއުޓީޝަން
- ގެސްޓް ރިލޭޝަންސް އޮފިސަރު
- ޓުއާ ގައިޑް
- ޑައިވަރުން
- ފޮޓޯގްރާފަރުން
- އިލެކްޓްރިކަލް އިންޖިނިއަރުން
- ހައުސްކީޕިން މެނޭޖަރު
- ހިއުމަން ރިސޯސަސް މެނޭޖަރު
- ފްރަންޓު އޮފީސް މެނޭޖަރު
- އެކައުންޓަންޓުން
- އިމާމުން
- ނަރުހުން
- ޓީޗަރުން
- އިންސްޕެކްޓަރުން
- ސާވެޔަރުން
- ސައިޓް ސުޕަވައިޒަރުން
- ޕައިލެޓުން
ސަރުކާރުން ހާމަ ކުރި ގޮތުގައި މިކަން ކުރަން ނިންމާފައި ވަނީ ވަކި ތާވަލެއްގެ ތެރެއިންނެވެ. މި ތަފްސީލުތައް ކަމާގުޅޭ މިނިސްޓްރީތަކުން ކައިރި މުސްތަގުބަލެއްގައި ހާމަކުރާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެވެ.
މިގޮތަށް ދިވެހިންނަށް ބައެއް ވަޒީފާތައް ހާއްސަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. އަދި މިއީ ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ވެސް ތަންފީޒު ކުރެވޭތޯ މަސައްކަތް ފަށައި، ފަހުން އެކި ސަބަބުތަކާ ހުރެ ހުއްޓާލާފައިވާ ސިޔާސަތެއް ކަން ވެސް ފާހަގަކޮށްލެ ވެ އެވެ.
ދިވެހިންނަށް ހާއްސަކުރި ވަޒީފާތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާ ދާއިރާތައް ހިމެނޭކަން ފާހަގަކޮށްލެ ވެ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.