1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

 ގައުމީ އެއްބައިވަންތަކަމުގެ ދުވަސް އާބަންކޯއިން ފާހަގަކޮށްފި

IMG_4281 (1)
ފޮޓޯ: އާރބަންކޯ
އައިޝަތު ކަރަމް
307ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް އާބަންކޯއިން ފާހަގަކޮށްފިއެވެ.

އެ ކުންފުނިން ބުނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހެނދުނު 8:30 ފެށިގެން ކުރިއަށް ގެންދިޔަ ހަފްލާގައި އާބަންކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 1000 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށެވެ.

މި ފަހްލާގައި ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއްވެސް ވަނީ ގެނެސްފައެވެ.

300 × 250

މީގެއިތުރުން މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމް އެވެ. މި ހަފްލާގެ ބައިވެރިންނާ މުހާތަބު ކުރައްވައި، ދިވެހިން އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމުގެ މުހިންމުކަމުކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަކީ އެއް ލޭ ހިނގާ، އެއް އާއިލާއެއް ކަމަށާއި، އެއްބައިވަންތަކަން ބީވިޔަދީގެން ނުވާނެކަން ފާހަގަކުރެއްވިއެވެ.

ފޮޓޯ: އާރބަންކޯ

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ޑިސެންބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން ދައްކައިދިން އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުންނެވެ. ސުނާމީ ކާރިސާއަށް ފަހު ކޮން އަހަރުވެސް ޑިސެމްބަރު 26 ވަނަ ދުވަސް ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ރާއްޖޭގެ ހުރިހައި ރަށެއްގައި ފާހަގަކުރެއެވެ.

ހަމައެއާއެކު އެ ކުންފުނިން ބުނެފައިވަނީ މިފަދަ ގައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް އާބަންކޯއިން އަބަދުވެސް އިސްކަން ދެކަމަށާއި، މިފަދަ ގައުމީ މުނާސަބަތުތަކުގައި އާބަންކޯގެ މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުން އަބަދުވެސް ފެންނަަމުންދާ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި