ތިން އަތޮޅެއްގެ ކައުންސިލް ރައީސާއި ދެރަށެއްގެ ކައުންސިލްގެ މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އީސީން ކުރި އިއުލާނެއްގައެވެ.

އީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކ. އަތޮޅު ކައުންސިލްގެ ރައީސާއި، ފ. އަތޮޅު ކައުންސިލްގެ ރައީސާއި އަދި ވ. ފެލިދޫ ކައުންސިލްގެ ރައީސްގެ އިތުރުން، ށ. މަރޮށީ ކައުންސިލްގެ މެންބަރުކަމާއި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރު ކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމަށް ބާއްވާ ބައި އިލެކްޝަން ބާއްވަން ފެބްރުއަރީ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

މިގޮތުން މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، އިއްޔެއިން ފެށިގެން ޖަނަވަރީ 10 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި މަގާމުތައް ހުސްވެފައި ވަނީ ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމަށްފަހު ސަރުކާރުގެ އިސް މަގާމުތަަކަށް ވަޑައިގަތުމުންކަން ފާހަގަކޮށްލެވެއެވެ.