1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ބައިވެރިން ދިވެހި ފުލުހުންގެ ހިދުމަތަށް ޒިޔާރަތްކޮށްފި

viber_image_2023_12_28_11_30_41_714_443b592d92
ފޮޓޯ: ޕޮލިސް
އައިޝަތު ކަރަމް
251ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމް 2023 ގެ ބައިވެރިން ދިވެހި ފުލުހުންގެ ހިދުމަތަށް ޒިޔާރަތްކޮށްފިއެވެ.

ޑިސެމްބަރު 27 ވަނަ ދުވަހު މި ބައިވެރިން ދިވެހި ފުލުހުންގެ ހިދުމަތަށް ކުރި ޒިޔާރަތުގައި ވަނީ އިސްކަންދަރު ކޮށީގައި މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން ފުލުހުންގެ ދައުރަކީ ކޮބައި ކަމާއި ރާއްޖޭގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ފުލުހުންގެ މަސައްކަތްތަކުގައި ބޭނުންކުރާ ހަތިޔާރުތަކާއި ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮތް ގުޅުމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

300 × 250

ފޮޓޯ: ޕޮލިސް

މީގެއިތުރުން މި ސެޝަންގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ފާތިމަތު ނަޝްވާ އާއި ޑިރެކްޓަރ ޖެނެރަލް އޮފް މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު އިޝާން އާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް މުހައްމަދު އަޝްރަފް އާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސް ގެ ބައެއް އިސް އޮފިސަރުން ބައިވެރިވެއްލެއްވިއެވެ.

އަދި އިންޑިޔާ، ސްރީލަންކާ ގެ އިތުރުން ނޭޕާލް ހިމެނޭހެން ޖުމްލަ 16 ކެޑޭޓުން މި ޕްރޮގްރާމްގައި  ދިވެހި ފުލުހުންގެ ހިދުމަތަށް ކުރި މި ޒިޔާރަތުގައި ބައިވެރިވެފައިވެއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި