ފޭސް ދޭކާއި ފޭސް ތިނެއް ނުވަތަ ގުޅީފަޅުން ވިޔަސް ދީފައިވާ ގޯތިތައް ފުށިދިއްގަރު ނުވަތަ ރަސްމާލެއަށް ބަދަލު ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
ޝަހީބު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނޫސްވެރިއަކު، "ނިމިގެން ދިޔަ ސަރުކާރުން ހުޅުމާލޭގެ ފޭސްއެކަކާއި ފޭސް ދޭކުން ލިބިފައިވާ ގޯތިތައް ރަސްމާލެއަށް ބަދަލުކުރާ ވާހަކައަކީ ގިނަ މީހުންގެ ކަންބޮޑުވުމެއް ކަމަށާއި އެހެންވަނީ އެތައް ބަޔަކަށް އަދި ރަޖިސްޓްރީ ހަވާލުކޮށްފައި ނުވާތީ ކަމަށާއި މިކަންކަމަށް ސީދާ ޔަގީން ޖަވާބެއް ދެއްވުމަށް" އެދުމުން ޝަހީބު ވިދާޅުވީ އެއްވެސް ފަރާތަކަށް ލިބިފައިވާ ބިމެއް ފުށިދިއްގަރު ތަރައްގީކޮށްގެން ހަދާ ރަސްމާލެއަކަށް ބަދަލެއް ނުކުރާނެ ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.