އިންޑޮނީޝިއާ ކަނޑުގެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް، ސްރީލަންކާ އަށް ރައްކާތެރި ވުމަށް އަންގައިފި

އިންޑޮނީޝިއާގެ ސުމަޓުރާ ކަނޑުގެ ސަރަހައްދަށް ރިކްޓާ މިންގަނޑުން 6.6 ގެ ބާރު މިނުގައި މިއަދު އައި ބިންހެލުމާއި ގުޅިގެން ސްރީލަންކާގެ އައްސޭރި ފަށުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޤައުމުގެ މޫސުމާއި ބެހޭ ޢިދާރާއިން އެ ޤައުމުގެ ރައްޔިތުންނަށް އަންގައިފިއެވެ. މި ބިންހެލުމާއި ގުޅިގެން އަދި މިހާތަނަށް ސުނާމީއެއްގެ އިންޒާރެއް ނެތް އަދި ނެތެވެ. މި ދުވަސްވަރަކީ ގިނައަދަދަކަށް މި ސަރަހައްދަށް ބިންހެލުންތައް އަންނަ ދުވަސްވަރަކަށް ވާއިރު ދާދި ފަހުންވެސް ރާއްޖޭގެ ދެކުނު, އިންޑިޔާ ސަރަހައްދަށް ކައިރި ކައިރީގައި 4 ބިންހެލުމެއް އައިސްފައެވެ. ނަމަވެސް މިއިން އެއްވެސް ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ. Indonesia Kaduge Sarahadhdhah Binhelumeh, Sri Lanka ah Rakkaatheri Vumah Angaifii