މަސް ދޯނިފަހަރުގެ ފަޅުވެރިންނަށް ހާއްސަކޮށްގެން ހިންގަން ނިންމާފައިވާ ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ޑައިވަރުން ތަމްރީނުކޮށް ދޭނެ އިންސްޓްރަކްޓާ ކޮންސަލްޓަންޓުން ހޯދަން ފިޝަރީޒް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި ރެސްކިއު ޑައިވަރުން ތަމްރީނުކުރަން މިނިސްޓްރީން ނިންމީ ޑައިވްކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން މަސްވެރިކަންކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން އެއް ފަޅުވެރިޔަކީ ރެސްކިޔު ޑައިވިން ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށް ހަދަން ބޭނުންވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
މީގެއިތުރުން މިކަމަށް ޝައުގުވެރިވާ ފަރަތްތަކުން އަންނަ މަހުގެ 4 ގައި މައުލޫމާތު ސާފުކުރުމަށް ފަހު، އަންނަ މަހުގެ 9 ގައި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ކަމަށާއި، މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3339227، 3339231 އަދި 3339239 ގުޅުއްވުމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ތެރޭގައި ހިމެނޭ ކަމެއްވެސް މެއެވެ. އެހެންވެ އެ ވައުދު ފުއްދުމަށް އެ މަނިކުފާނުގެ ހަފްތާ-14 ނުވަތަ ފުރަތަމަ 100 ދުވަހު ހާސިލް ކުރަން ބޭނުންވާ ލަނޑުދަނ ތަކުގެ ތެރޭގައި ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުން ހިމަނާފައިވެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.