ދިވެހިރާއްޖޭގެ މަޝްހޫރު ޝެފް ޖުވެއިރިޔާއާއެކު ކެއްކުމުގެ ކޯހެއް ގދ. ތިނަދޫގައި ފަށައިފިއެވެ. މިއީ ވިމެންސް އެމްޕަވާމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ (ވީޓް) ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. އަދި މި ކޯހަކީ އައްޑޫ ވިމެންސް އެސޯސިއޭޝަނާއި ވިމެންސް އާރޓްސް އެންޑް ކްރާފްޓް އެސޯސިއޭޝަނާއި ގުޅިގެން ހިންގާ ހަފްތާ ޕްރޮގްރާމްތަކުގެ ތެރެއިގައި ހިމޭނޭ ޕްރޮގްރާމެކެވެ. ފޮޓޯ:ވީޓް ޖަމްޢިއްޔާ ''ހުވަދޫ'' ނޫހަށް މައުލޫމާތު ދެއްވަމުން ވީޓް ޖަމްޢިއްޔާގެ ރައީސާ، މައުސޫމާ ވިދާޅުވީ މި ކޯހުގައި ޖުމުލަ 37 މީހަކު ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ބައިވެެރިންގެ އިތުރުން ގ.ދ އަތޮޅު ތައުލީމީ މަރުކަޒު ތައުލީމީ މަރުކަޒުގެ 13 ދަރިވަރުންނަށްވެސް ވަނީ ހިލޭ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތުދެއްވާފައި ކަމަށެެވެ. މީގެއިތުރުން މައުސޫމާ ވިދާޅުވީ ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ކެއްކުމުގެ ކޯހުގައި ކޮންމެ ދުވަހަކުވެސް ތަފާތު އެކި ވައްތަރު ކާނާ ތައްޔާރު ކުރާކަމަށެވެ. އެ ގޮތުން ރޭގެ އޮތް މި ކޯހުގެ 4 ވަނަ ކުލާހުގައި 37 ވައްތަރެއްގެ ބަތް ތައްޔާރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފޮޓޯ:ވީޓް ޖަމްޢިއްޔާ ޖެނުއަރީ 1ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯހުގެ މަގްސަދަކީ ކެއްކުމުގެ ދާއިރާގައި އަންހެން ޝެފުން މަދުވުމާ ގުޅިގެން އެކަމަށް ހިތްވަރުދިނުން ކަމަށް ވީޓް ޖަމިއްޔާއިން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ގދ. ފަރެސްމާތޮޑާގައިވެސް ވަނީ މިފަދަ ކެއްކުމުގެ ކޯހެއް ދާދީ ފަހުން ބާއްވާފައިވެއެވެ. އަދި މިއީ ތިނަދޫގައިވެސް މިފަދަ ކޯހެއް ހިންގި ފުރަތަމަ ފަހަރެވެ.
މަޝްހޫރު ޝެފް ޖުވެއިރިޔާއާއެކު ކެއްކުމުގެ ކޯހެއް ތިނަދޫގައި ފަށައިފި

300 × 250






ޚިޔާލު (1)
ރަނގަޅުކަމެއް މިހާރު މެއްސަކާހުރެ ނޯވޭ ރެސްޓޯރަންޓަކަށް ގޮސް ހަމަޖެހިގެން އިދެ ކާލެވޭކަށް.