1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޯލްޑިވްސް ޒަކާތު ހައުސް އިފްތިތާހްކޮށް، އަންނަ އާދީއްތަ ދުވަހު އަތޮޅު ވަޤުފު މަޝްރޫޢު އިޢުލާންކުރަނީ

381327_3_46b9ba241a1f3a6ec3125097a313811c56fa31f5_medium
ފޮޓޯ: މިހާރު
އައިޝަތު ކަރަމް
301ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންނަ އާދީއްތަ ދުވަހު، ޒަކާތު ހައުސް އިފްތިތާހްކުރުމާއެކު މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާވަނީ އަންނަ ޖެނުއަރީ މަހު އެ ވުޒަރާއިން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. ޒަކާތު ހައުސް އިފްތިތާހް ކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 2ވަނަ ދުވަހުގައިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން އަންނަމަހު އިސްލާމީ ދަޢުވަތުގެ ޕްލޭން އިފްތިތާހްކުރުމާއި އަތޮޅު ވަޤުފު މަޝްރޫޢު އިޢުލާންކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އަންނަ މަހުގެ 5ވަނަ ދުވަހު ސަޢުދީޢަރަބިއްޔާގައި ހައްޖާއި ޢުމްރާގެ ހިދުމަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 1445 ރާއްޖެއިން ހައްޖު މީޑިޔާ ކަވަރޭޖް، ރާއްޖެއާއި ސައުދީގައި ކުރިއަށް ގެންދާނެގޮތް މީޑިޔާއާ ޙިއްސާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

300 × 250

މީގެއިތުރަށް އަންނަމަހުގެ 24ވަނަ ދުވަހު އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މީޑިއާއަށް ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ޖެނުއަރީ މަހު އިސްލާމިކް ޓީވީ ޗެނަލް ލޯންޗުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމީ ކަންތައްތަކާބެހެ ވުޒާރާއިން ވިދާޅުވެއެވެ.

"މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި އިދާރާއެއް ރައީސް ޑރ. މުއިއްޒު އުފައްދަވާފައިވަނީ މިމަހުގެ 18ވަނަ ދުވަހުގައެވެ. "މޯލްޑިވްސް ޒަކާތު ހައުސް"ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.






300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި