1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް އޮފީހުގެ ތަރުޖަމާނުކަމުން ޝަހީބު ވަކިކޮށް، އެހެން މިނިސްޓްރީއަކަށް

IMG_20240101_061957
ފޮޓޯ: ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
350ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުހައްމަދު ޝަހީބު އައްޔަން ކުރިތާ ދެ ހަފުތާ ފަހުން، އެ މަގާމުން އޭނާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ.

އޭނާ ސްޕޯކްސްޕާސަންގެ މަގާމުން ވަކިކޮށްފައިވާއިރު، ރައީސް އޮފީހުގެ ވެބްސައިޓުން މިހާރު ދައްކާ ގޮތުން ޝަހީބު އަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. މި ބަދަލު ގެނެސްފައިވަނީ މިއަދު ކަމަށް މަައުލޫމާތު ލިބެ އެވެ.

މީގެ 18 ދުވަސް ކުރިން ޑިސެމްބަރު 13، ގައި ތަރުޖަމާނުގެ މަގާމަށް އައްޔަނު ކުރި ޝަހީބު މަގާމުން ވަކި ކުރި ސަބަބެއް ނޭނގެ އެވެ.

300 × 250

ނަމަވެސް، ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ޝަހީބު، މުއިއްޒު ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރުމުން ގިނަ ނޫސްވެރިންގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އެކަމާ ގުޅޭ ޝަކުވާތަކަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ނޫސްވެރިންގެ ޖަމިއްޔާ އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިފަހުން ވަނީ ސިޓީއެއް ވެސް ފޮނުވާފަ އެވެ.

އޭނާ އެ މަގާމުގައި ހުންނެވި އިރު ބައެއް ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދެވި ގޮތުން ބައެއް ފަރާތްތަކުން ހާއްސަކޮށް ނޫސްވެރިންގެ ފަރާތުން ފާޑުކިއުންވެސް ސަރުކާރަށް އަމާޒުވި އެވެ.

30 އަހަރަށް ވުރެ ގިނަ ދުވަހު އެންމެ މަތީ ފެންވަރުގައި ނޫސްވެރިކަން ކުރައްވާ އެ ދާއިރާއިން އާންމު ހިދުމަތުގެ ގައުމީ އިނާމް ހާސިލު ކުރައްވާފައިވާ، ޝަހީބު ސަރުކާރުގެ ހިދުމަތް ފުރަތަމަ ފައްޓަވާފައި ވަނީ 1987 ވަނަ އަހަރު ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެޓާޗޭގެ މަގާމާ ހަމައިންނެވެ. އެ މަގާމުގައި ތިން އަހަރު ހޭދަ ކުރެއްވުމަށް ފަހު ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވެވި އެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި