ތ. އަތޮޅުން މާލެ ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދިޔަވެ އަޑިއަށް ދަމުން ދަނީ "މރ. ސްޕީޑު" ނަމަކަށް ކިޔާ ތ. ބުރުނި، ހިރިލަންދޫ އަދި މަޑިފުއްޓަށެވެ.  ލޯންޗަށް އެހީވުނަށް ދެ ލޯންޗަކާއި، ކަންނެލި ދޯންޏެއް އަންނަނީ މިވަގުތު ދުއްވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗު ފަޅައިގެން ގޮސް ދިޔަވާން ފަށާފައިވަނީ ތ. އަތޮޅާއި ދ. އަތޮޅާއި ދެމެދު އޮންނަ ކުރަލީ ކަނޑުގައެވެ. އެ ކަނޑަކީ ރާއްޖޭގައި ވެސް އެންމެ ގަދަ ކަނޑިތަކުގެ ތެރެއިން އެއް ކަނޑައެވެ. މީގެއިތުރުން މި ލޯންޗުގައި ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރެގައި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. ނަމަވެސް ލޯންޗުގައި ސީދާ މީހުން ތިބި އަދަދެއް ސާފެއް ނުވެއެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.