20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާ ދަނުކުރައްވަން ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ޢިއުލާން ކުރައްވައިފިއެވެ.
އާ އަހަރެއްގެ ހެޔޮ އެދުންތައް ފޮނުއްވަމުން ހިސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތުޅާދޫ ދާއިރާ ތަމްސީލުކުރަން ދާއިރާގެ ރައްޔިތުން އޭނާ އަށް ދެއްވި ފުރުސަތަށް އެ ދާއިރާގެ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރައްވާ ކަމަށެވެ.
"ކުރިއްޔަށް އޮތްތަނުގައިވެސް އެމް.ޑީ.ޕީ.އާ އެކު ހުންނާނެކަމުގެ ޔަގީންކަން އަރުވަމުން, 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތި ނުލާން ނިންމާފައިވާކަމުގައި ދަންނަވަން. އުންމީދަކީ މާތް اللهގެ ވާގިފުޅާއެކު އަބަދުވެސް ރައްޔިޔުންނަށް ހިދުމަތްކުރުމުގައި ދެމިހުރުން."
ހިސާން ވިދާޅުވިއެވެ.
މީގެއިތުރުން ހިސާން ވަނީ އެ ދާއިރާގެ ރައްޔިތުންގެ އިތުރުން އޭނާ ގެ މަސައްކަތުގެ އެހީތެރިވެދެއްވި އާއިލާއާއި، ޓީމް މެންބަރުންނާއި އެންމެހައި ބޭފުޅުންނަށް އިހްލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.