މި އަހަރުގެ މާޗު މަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކުރެވޭނެކަން ފިނޭންސް މިނިސްޓްރީން ފުލުހުންގެ އިދާރާއަށް އަންގާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް އޮފް އޮފީސް އޮފް ދި ކޮމިޝަނަރު، ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ޝިފާން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ. ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ފާއިތުވި ކެމްޕޭން ތެރޭގައި ރައީސް މުއިއްޒު ވައުދުވެފައިވަނީ ފުލުހުންގެ މުސާރަ ދެގުނަ ކޮށްދޭނީ ބައިބަޔަށް ބަހާލައިގެން ކަމުގައެވެ.
އެގޮތުން ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ކުރުމަށް ހަމަޖައްސާފައިވާ ގޮތަކީ 2024 ގައި 35 އިންސައްތަ މުސާރަ ބޮޑުކޮށް، 2026 ގައި 35 އިންސައްތަ ބޮޑު ކުރާގޮތަށެވެ. އަދި 2028 ގައި ބާކީ 30 އިންސައްތަ މުސާރަ ބޮޑުކުރާނެ ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.