އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް އެމްޑީ ޙުސައިން ދީދީ އައްޔަނުކޮށްފިއެވެ.
ހުސައިން ދީދީ ވަނީ މީގެ ކުރިން ގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވާފައެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުސައިން ދީދީ ހުންނެވީ ގދ. ތިނަދޫގައި ހުންނަ އެސްޓީއޯ އޮފީހުގެ މެނޭޖަރުގެ މަގާމުގައެވެ.
އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް އައްޔަނު ކުރައްވާފައި ވާތީ އެމްޑީ ޙުސައިން ދީދީ އަށް އެގްރޯނެޓުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
"އައު އެމްޑީ އާއި އެކު އިތުރު ކުރިއެރުންތައް ޙާޞިލްކުރެވޭނެކަމުގެ ޔަޤީންކަށް ދިވެހި ދަނޑުވެރިންނަށް އަރުވަން!" އެގްރޯނެޓުން ބުނެފައިވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.