1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހދ. ކޭލަކުނުގައި އީކޯ ޓުއަރިޒަމް މަޝްރޫއެއް ފެށުމަށްޓަކައި، ދިރާސާއެއް ކުރުމަށް ނިންމައިފި

ލޭކަތ
ބްލޫޕީސް އޮން ކޭލަކުނު އެކްސް.ކޮމް ޕޯސްޓް
ޝަފްޢަތު ، ހުވަދޫ މީޑީއާ
360ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހދ. ކޭލަކުނު އީކޯ ޓުއަރިޒަމް މަޝްރޫއެއް ފެށުމަށްޓަކައި، މުހިންމު ހާއްސަ ދިރާސާއެއް ކުރުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ މިއަދު އޮތް ކެބިނެޓް ބައްދަލުވުމުގައެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ކޭލަކުނުގެ ގުދުރަތީ ރީތިކަމާއި ވަށައިގެންވާ މޫދުގެ މުއްސަނދިކަން ނުގެއްލޭ ގޮތަށް އީކޯ ޓުއަރިޒަމަށް ފައްކާ ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.

300 × 250

ކޭލަކުނުގައި އީކޯ ޓޫއަރިޒަމްގެ މަޝްރޫއެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ނާޒިމް ވިދާޅުވީ، ކޭލަކުނަކީ އީކޯ ޓުއަރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައި މި ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވީހާޥެސް އަވަހަށް ކުރިއަށް ގެންގޮސް ނިންމުމަށް ވެސް ފާސްކޮށްފައިވާ ކަމަށެވެ.

"މިރަށް (ކޭލަކުނު) އީކޯ ޓުއަރިޒަމްގެ ގޮތުގައި ތަރައްގީ ކުރާއިރު މިދަންނަވާ ކަންތައްތަކަށް ސާމަލުވުމަށް ވަނީ ނިންމާފަ. އެގޮތުން މިރަށުގެ ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަށް މިރަށް ތަރައްގީ ކުރެވޭނެ ގޮތެއް ހޯދުމަށްޓަކާ މިނިސްޓްރީ އޮފް ކްލައިމެޓް އެންޑް އެންވަޔަރަމަންޓާއި އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާއި ގުޅިގެން އިތުރު ސްޓަޑީއެއް ހެދުން. މިރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ޒަމާނީ ފެންވަރުގެ ވިޒިޓާ ސެންޓަރެއް ގާއިމުކުރުން." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ކޭލަކުނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެރަށުގެ ތާރީހާއި ރަށުގައި ހުރި ތާރީހީ ތަންތަނާއި ރަށުގެ ވަށައިގެންވާ ދިރުންތަކުގެ މައުލޫމާތު ފުރިހަމަ އަށް ދެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި