1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އާޒިމާ: އިންތިޚާބީ ހައްގަށް އަރައިގަތްކަމަށް ވިދާޅުވެ، މައްސަލަ ޕޮލިހަށާއި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފި

rety
ފޮޓޯ: ސަންއޮންލައިން
ޝަފްޢަތު ، ހުވަދޫ މީޑީއާ
355ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭސިޓީގެ މޭޔަރ ބައި އިލެކްޝަންގައި ވާދަކުރައްވާ، ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު އޭނާގެ އިންތިޚާބީ ހައްގަށް އަރައިގަތްކަމަށް ވިދާޅުވެ މައްސަލަ ޕޮލިހަށާއި ސިވިލް ކޯޓަށް ހުށަހެޅުއްވުމަށް ނިންމަވައިފިއެވެ.

މިމައްސަލައާއި ގުޅިގެން އާޒިމާ ނެރުނު ބަޔާނުގައި ވިދާޅުވީ، އޭނާގެ ނަމުގައި މޯލްޑިވްސް އިސްލާމިކު ބޭނުން ނަގާފައިވާ ގެދޮރުވެރިކަމުގެ ލޯނުގެ މައްސަލާގައި، ލޯނު ރީ ސްޓްރަކްޗަރ ކުރުމަށް ވާހަކަ ދައްކަންފަށާ، ފައިސާ ދައްކާނޭ ގޮތުގެ ޝެޑިއުލްއެއް ބޭންކަށް ހުށަހަޅާފައި ވަނިކޮށް،  ބޭންކުގެ އެދުމުގެ މަތިން އޭނާގެ މައްޗަށް ޢައިރު ހާޒިރުގައި ސިވިލްކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.

އާޒިމާގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އެކަން އިސްލާމިކް ބޭންކުން ކުރިޔަށް ގެންގޮސްފައިވަނީ ލޯނު ރީ ސްޓްރަކްޗަރ ކުރުމަށް ކޯޓަށް ލިޔުމުން އަންގާނޭކަމުގެ ޔަގީންކަން ދިނުމަށް ފަހުގައި ކަމުގައެވެ.

300 × 250

މިއީ އަޅުގަނޑު ކުރިމަތިލާފައިވާ މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ނުފޫޒު ފޯރުވަން ބޭންކިންގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ބޭންކުގެ ވަކި މުވައްޒަފަކު ކޮށްފައިވާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ވަރުގެ މައުލޫމާތު ވަނީ ލިބިފައި.

އާޒިމާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އާޒިމާގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ މިކަން މިހެން ހިނގާފައި ވަނިކޮށް، ވަކި ފަރާތަކަށް ދޭންޖެހޭ ފައިސާތަކެއް ހުރިކަން އޭނާއާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އަދި އެކޯޓަށް އޭނާ ހާޒިރުވެފައި ނުވާކަމަށާއި، އަދި މިމަހުގެ 9 ވަނަ ދުވަހު އޭނާގެ އައިރު ހާޒިރުގައި ހުކުމް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެކަން ދައުރު ނޫހަށް ކަށަވަރު ކުރެވިފައިވާކަމަށާއި، އަދި އެކަމުގެ ލިޔުންތައް އެނޫހަށް ލިބިފައިވާކަމަށް 4 ޖެނުއަރީ 2024 ވަނަ ދުވަހު ދައުރު ނޫހުގައި ޝާއިއު ކޮށްފައިވާ ކަމުގައެވެ.

އެހެންނަމަވެސް އޭނާގެ މައްޗަށް އެފަދަ ދައުވާއެއް ކޮށްފައިވާކަން އެނގިފައި ނުވާތީ އެކަން ސާފުކުރުމަށް އޭނާގެ ގާނޫނީ ވަކީލުން ސިވިލް ކޯޓަށް ލިޔުމުން އޭނާގެ މައްޗަށް އެފަދަ އެއްވެސް ދައުވާއެއް ސިވިލް ކޯޓަށް ހުށަހެޅިފައި ނުވާކަމަށް އެކޯޓުން ގާނޫނީ ވަކީލުންނަށް ލިޔުމުން ޖަވާބު ދީފައި ވާކަމަށްވެސް އާޒިމާ ވިދާޅުވެފައި ވެއެވެ.

އާޒިމާ ވިދާޅުވީ މި މައްސަލައަކީވެސް އޭނާ މިހާރު ކުރިމަތިލައްވައިގެން އުޅުއްވާ މާލޭ ސިޓީގެ މޭޔަރު އިންތިޚާބުގެ ބައި އިލެކްޝަންގެ އިންތިޚާބަށް ނުފޫޒު ފޯރުވާ މި އިންތިޚާބުގައި އޭނާއަށް ގެއްލުން ދިނުމުގެ ނިޔަތުގައި ބަޔަކު ރާވައިގެން ކަމެއްކަމުގައި އޭނާއަށް ގަބޫލުކުރެވޭކަމަށް މިމައްސަލަތައް ކޯޓަށާއި ޕޮލިހަށް ހުހަޅުއްވާ ސަބަބަކީވެސް އެއީ ކަމުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި