މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރު އިންތިޚާބު ކޮށްދީފިނަމަ މާލޭ ސިޓީގެ ރައްޔިތުން ދުވަހަކުވެސް ނުދެކޭފަދަ ތަރައްގީ ގެނެސްދެއްވާނެކަމުގައި ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މިހެން ވިދާޅުވީ ގަލޮޅުގައި ރޭ ބޭއްވި، މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ އާޒިމާ ޝަކޫރުގެ ކެމްޕޭންގެ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުއިއްޒު މާލޭގެ ރައްޔިތުންނަށް ދައްކަވާފަ ހުރީ މާލެ ތަރައްގީ ކުރެއްވޭ ވަރުގެ ކެންޑީޑޭޓެއް ކަމުގައެވެ.
"މިއަދުގެ ރައީސުލްޖުމުހޫރިއްޔާގެ ފަހަތްޕުޅުގަ މާލޭގެ މޭޔަރަކަށް އެކަމަނާ ހުންނަވައިފި ކަމުގައިވާނަމަ ޝައްކެއްވެސް ނެތް މިމާލޭގެ ރައްޔިތުން ދުވަހަކުވެސް ނުދެކޭފަދަ ތަރައްގީއާއި ކުރިމަތިލާން ޖެހޭނެ. މާލޭ ސިޓީއަކީ އަމާންތަނަކަށް ވުމާއި މާލޭ ސިޓީއަކީ ރައްޔިތުންނަށް ދިއުޅެވޭނެފަދަ ތަނަކަށް ރައީސުލްޖުމުހޫރިއްޔާއާއި މާލޭ ސިޓީގެ މޭޔަރު ހައްދަވާ ދެއްވާނެކަމީ އަޅުގަޑުމެންނަށް ޝައްކެއް އޮތްކަމެއް ނޫން." ނާއިބު ރައީސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ އެވިސްނުމާއި ފިކުރު ރައީސް މުއިއްޒުގެވެސް އެބަ ހުރިކަމަށާއި، އަދި ހަމަ އެވިސްނުން ޕީއެންސީގެ މޭޔަރ ކެނޑިޑޭޓް އާޒިމާ ޝަކުރުގެ ކިބައިގައިވެސް އެބަހުރި ކަމުގައެވެ.
ނާއިބު ރައީސް ވިދާޅުވީ އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކު ހޮވައިފިނަމަ މޭޔަރު މަސައްކަތް ކުރާނީ އަމިއްލަ ވިސްނުމެއްގައި ކަމަށާއި، އެފުރުސަތު އެހެން ޕާޓީތަކަށް ދީގެން ނުވާނެ ކަމުގައެވެ.
އާޒިމާއަށް ތައުރީފް ކުރައްވަމުން ނައިބް ރައިސް ހުސައިން ވިދާޅުވީ، އަޒިމާއަކީ ރާއްޖޭގެ މައި ދޮރާށި ސަލާމަތް ކުރުމުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅާ ކަަމަށެވެ. އާޒިމާ ގައުމުގެ ދިފާއުގައި ކުރެއްވި ޖިހާދު ހަނދާނުގައި ހުންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅުގައި އެކަމަނާ މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވައިފިނަމަ ޝައްކެއްވެސް ނެތް މާލޭގެ ރައްޔިތުން ދުވަހަކުވެސް ނުދެކޭ ފަދަ ތަރައްގީއާއި ކުރިމަތިލާން ޖެހޭނެ، މާލެ ސިޓިއަކީ އަމާން ތަނަކަށް ވުމައި، މާލެ ސިޓީއަކީ ރައްޔިތުން ދިރިއުޅޭނެ ފެންވަރުގެ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާ އާއި މާލެ ސިޓީގެ މޭޔަރު ހައްދަވާނެ ކަން އަޅުގަނޑުމެންނަށް ޝައްކެއް އޮތް ކަމެއް ނޫން،".
އެވަރުގެ ވިސްނުން ރައީސް ޑރ. މުއިއްޒާއި، އާޒިމާގެ ހުންނެވި ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.
ޚިޔާލު (1)
dhen muizz AA sembe isthiufaa dheynveenu. Kaleymen hovi beynumeh nei. Thimannaamen hoveema ekamehvaanee mikameh koddheynamey govi govelufathi mihaaru kobaa