ހުޅުމާލޭގައި އާބަން އައިލްގެ ނަމުގައި ތަރައްޤީކުރާ އިންޓަގްރޭޓެޑް ޓުއަރިޒަމް ޒޯނުގައި ކޮމާޝަލް ސްޕައިންގެ ނަމުގައި ކޮމާޝަލް ބޮޑު ސަރަހައްދެއް ތަރައްޤީކުރުމާ ގުޅޭ އެއްބަސްވުމުގައި ޗައިނާއާއެކު ސޮއިކޮށްފިއެވެ.
ޗައިނާއާއެކު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ފަޒުލް ރަޝީދެވެ. އެ އެއްބަސްވުމުގެ ދަށުން އެ ސަރަހައްދުގައި ކޮމާޝަލް ބޭނުންތަކަށް ބޭނުންކުރާނެ 7 އިމާރާތެއް ބިނާކުރާނެއެވެ.
މީހުން ދިރިއުޅޭ ސަރަހައްދާ ގުޅިފައި އޮންނަ ގޮތަށް ތަރައްޤީކުރާ އާބަން އައިލްއަކީ ފަތުރުވެރިކަން އިތުރަށް ކުރިއަށްގެންދިއުމާއެކު، ދުރު ރަށްރަށުގައި މަސައްކަތްކުރަން ނުޖެހޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކަށް ފަތުރުވެރިކަމުގެ ސިނާއަތުން ވަޒީފާގެ ފުރުސަތު ފަހިވާނެހެން ފަރުމާކޮށްފައިވާ މަޝްރޫޢެކެވެ.
މި ސަރަހައްދުގައި ވިޔަފާރީގެ ކަންކަމަށް ޚާއްޞަކޮށްގެން ގުޅިފައިވާ 7 އިމާރާތެއް ތަރައްޤީކުރުމަށް ނިންމާފައިވެއެވެ. މި 7 އިމާރާތަށް ދީފައިވާ ނަމަކީ ކޮމާޝަލް ސްޕައިންއެވެ. އެ 7 އިމާރާތުގެ ތެރެއިން 6 އިމާރާތަކީ ވިޔަފާރީގެ ކަންކަމަށް ޚާއްޞަކުރާ އިމާރާތްތަކެވެ. ދެން ހުންނާނީ އެ އިމާރާތްތަކުގައި ހިނގާ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރާ އިމާރާތެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.