ގދ ތިނަދޫއިން ރަށްވެހިކަން އެހެން ތާކައް ބަދަލުކުރާނަމަ 5،000 ރުފިޔާގެ ފީއެއް ސިޓީ ކައުންސިލަށް ދައްކަން ޖެހޭ ގޮތަށް ނިންމި ނިންމުން ލޯކަލް ގަވަންމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ބަލަން ފަށާފަ ވާއިރު, މިފަދަ ނިންމުމެއް ކައުންސިލުން އަމިއްލައަށް ނިންމުމުގެ ފުރުސަތު ގާނޫނުގައި ނެތްކަމަށްވެސް އެލްޖީއޭގެ ސީއީއޯ ޒުލްފާ ވިދާޅުވެއެވެ.
ޒުލްފާ ވިދާޅުވީ މިކަމާއިމެދު ވަކި ގޮތެއް މިއަދު ނިންމަވާނެކަމަށެވެ. އަދި މި މައްސަލަ އޮތީ އެގްޒެކްޓިވް ބޯޑު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި ކަމަށެވެ.
ތިނަދޫ ކައުންސިލުން ބުނި ގޮތުގައި މި ނިންމުން ނިންމީ ތިނަދޫއަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ދެމެހެއްޓުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށާއި އެގޮތުން މިފަދަ ފިޔަވަޅެއް އެޅުމުގެ ސަބަބުން ރަށުގެ އާބާދީ ކުޑަވެގެން ދިއުމަށް އޮތް ފުރުސަތު ކުޑަ ވާނެ ކަމަށެވެ.
ގދ ތިނަދޫއިން ރަށްވެހިކަން އެހެން ތާކައް ބަދަލުކުރާނަމަ 5،000 ރުފިޔާގެ ފީއެއް ސިޓީ ކައުންސިލަށް ދައްކަން ޖެހޭ ގޮތަށް ނިންމި ނިންމުން
7ޖެނުއަރީ 2024 ފެށިގެން މި އުސޫލަށް އަމަލު ކުރަމުން ގެންދާނެކަމަށް ކައުންސިލުން ބުނެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.