1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިސްރަށްވެހިންގެ ގައުމީ ސިޔާސަތު ކަށަވަރު ކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

sofd3
ފޮޓޯ: އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
ޝަފްޢަތު ، ހުވަދޫ މީޑީއާ
276ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިސްރަށްވެހިންގެ ގައުމީ ސިޔާސަތު ކަށަވަރު ކުރުމަށް ވޯކްޝޮޕެއް ބާއްވައިފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި، އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން އެސްކެޕް) އާއި ގުޅިގެން، އިސްރަށްވެހިންނަށް ހާއްސަ ގައުމީ ސިޔާސަތެއް ކަށަވަރު ކުރުމަށް މަސައްކަތު ބައްދަލުވުމެއް ވަނީ ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ސޮލައިޓް ރެސްޓޯރެންޓްގައި ކުރިއަށް ގެންދިޔަ މި މަސައްކަތުބައްދަލުވުން ޝަރަފުވެރި ކޮށްދެއްވީ ޑރ. އާއިޝަތު އިކްރާމެވެ.

300 × 250

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އިސްރަށްވެހިންނަށް ހާއްސަ ކޮށްގެން މިހާރު ހުރި އަދި ކުރިއަށް އަންނާނެ ހުރިހާ ސިޔާސަތުތަކާއި ނިޒާމުތައް ހިމެނޭނެހެން، ދިވެހިރާއްޖޭގެ އިސްރަށްވެހީންގެ އާބާދީގެ ދުޅަހެޔޮކަމަށް ރިއާޔަތް ކުރާ އޮނިގަނޑެއް އުފެއްދުމެވެ.

މި ބައްދަލުވުމުގައި މިހާރު ރިވިއު ކުރެވިފައިވާ އިސްރަށްވެހީންގެ ގައުމީ ސިޔާސަތުގެ ޑްރާފްޓަށް ބައިވެރިން ހިޔާލު ހުށަހަޅާ މަޝްވަރާ ކުރުމުގެ ފުރުސަތު ހުޅުވާލެލެވުނެވެ. އަދި ބައިވެރިންގެ ހިޔާލުތަކާއި މަޝްވަރާތަކާއެކު މިސިޔާސަތު ކަށަވަރު ކުރުމުގެ މަސައްކަތް ހުރިހާ ބައިވެރިންނާއެކު ކުރެވުނެވެ.

2023 ވަނައަހަރު ރާއްޖޭގެ އާބާދީގައި 60 އަހަރުން މަތީ މީހުންގެ އިންސައްތަ އަކީ 8.3 ކަމުގައި ވީނަމަވެސް، 2050 ވަނަ އަހަރާ ހަމައަށް އަންނައިރު 60 އަހަރުން މަތީމީހުންގެ އާބާދީގެ އިންސަންތަ 34.1 އަށް އިތުރު ވާނެކަމަށް ލަފާކުރެވެއެވެ. މިއީ ނިސްބަތުން އާބާދީގެ އުމުރުފުރައިގެ އިންސައްތައަށް އަންނަ ބޮޑު ބަދަލެކެވެ.

އެހެންކަމަށްވުމާއެކު އުމުރުން ދުވަސް ވާ ފަރާތްތަކަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން އަދި ރައްކާތެރިކޮށް ކަށަވަރު ކުރަން ޖެހޭ ހައްގުތައް ޔަގީން ކުރުމަށް ވަށާޖެހޭ ސިޔާސަތެއް އޮތުމުގެ މުހިންމުކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، އިސްރަށްވެހިންގެ ގައުމީ ސިޔާސަތު އެކުލަވާލާ ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވީއެންމެ އަވަހަކަށް ފުރިހަމަ ކުރުމަށް އެ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި