މާލޭގެ މޭޔަރާއި އަދި އެ ކައުންސިލުން ހުސްވެފައިވާ ތިން ގޮޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު 8:00 ޖެހި އިރު ވަނީ ފަށާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި އިންތިޚާބުގައި ވާދަކުރައްވާ ޝުއައިބު ޢަލީ ވޯޓުލެއްވުމަށް ހަމަޖެހިފައިވަނީ 11:00ގައެވެ. އަދި ސައިފް ވޯޓުލެއްވުމަށް ހަމަޖެހިފައިވަނީ 10:30 ގައެވެ.

ހުރިހާ ކެންޑިޑޭޓުން އެދިވަޑައިގަތީ ވިދާޅުވީ ވިހާވެސް އަވަހަށް ހުރިހާ ބޭފުޅުން ވޯޓު ލުމަށް ދިއުމަށެވެ. މާލޭ ސިޓީގެ މޭޔަރު ކަމަށް ފަސް ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަގޮތުން ދެ ކެންޑިޑޭޓަކު އަދި ސީޔާސީ ޕާޓީތަކުން ތިން ކެންޑިޑޭޓަކު ވަނީ ކުރިމަލައްވާފައެވެ.

މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން:

  • ކެންޑިޑޭޓް ނަންބަރު 1: ޝުއައިބު އަލީ / އަމިއްލަގޮތުން
  • ކެންޑިޑޭޓް ނަންބަރު 2: ހުސައިން ވަހީދު / އަމިއްލަގޮތުން
  • ކެންޑިޑޭޓް ނަންބަރު 3: އައިޝަތު އާޒިމާ ޝަކޫރު / ޕީއެންސީ
  • ކެންޑިޑޭޓް ނަންބަރު 4: އާދަމް އާޒިމް / އެމްޑީޕީ
  • ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް