1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޭޔަރާއި މެންބަރުން ހޮވާ ބައި-އިލެކްޝަން ކުރިޔަށް ދަނީ، މާލޭގެ ވޯޓް؛ ފޯރި ކުޑަ

xcv
ފޮޓޯ: އީސީއެމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
297ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަދު ކުރިޔަށްދާ ފަސް ބައި އިލެކްޝަނުގައި ވޯޓުލުން ފެށިތާ ގަޑިއެއްގެ އިރު ވެގެން ދިޔައިރު ވޯޓުލާފައި ވަނީ ދެ ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިއަދު ކުރިޔަށް ދަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނާއި އެ ކައުންސިލްގެ ހުސް ވެފައިވާ ތިން ދާއިރާއެއްގެ އިތުރުން މ.މުލަކު އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަނެވެ.

ހެނދުނު 8:00ގައި ވޯޓުލުން ފެށިއިރު 9:09އާ ހަމައަށް ވޯޓުލާފައި ވަނީ 1204 މީހުންނެވެ. ވޯޓުނުލާ 54،798 މީހުން އެބަ ތިއްބެވެ.

300 × 250

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 54،680 މީހަކަށެވެ.

މިއަދުގެ އިންތިޚާބުތަކުގައި ޖުލްމަ 58 ވޯޓު ފޮށި ބަހައްޓާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކަށް 55 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި މިއަދުގެ ބައި އިލެކްޝަނުގެ ވޯޓުލުން ހެނދުނު 8:00ން ފެށިގެން ހަވީރު 5:00އާ ހަމައަށް ކުރިއަށްދާނެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން އީސީން ވަނީ ވޯޓުލާން އެއް ގަޑިއިރު އިތުރުކުރައްވާފައެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި