ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް, މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ކުރުމަށް މިއަދު ކުރިޔަށްދާ ބައި އިލެކްޝަންގައި ވޯޓުލައްވައިފި އެވެ. މާލޭގެ މޭޔަރާއި ކައުންސިލްގެ ތިން މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ޔާމީންގެ ތާއީދާ އެކު މާލޭގެ މޭޔަރަކަށް ވާދަކުރައްވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ. ދެން މޭޔަރަކަށް ކުރިމަތިލައްވާފައި ވަނީ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީ އެވެ. މިހާތަނަށް އައިއިރު މި އިންތިޚާބުގައި މޭޔަރުކަމަށް ވާދަކުރާ ހުރިހާ ކެނޑިޑޭޓުންވެސް ވަނީ ވޯޓު ލައްވައިފައެވެ.
މާލޭގެ މޭޔަރާއި އެ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 5:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި އާޒިމާ އާއި އާޒިމްއާ އެކުގައި ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. ދެން މި އިންތިހާބުގައި ވާދަކުރައްވަނީ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއި ޝުއައިބު އަލީ އެވެ. މާލޭގެ އެކި ދާއިރާތަކުން ވޯޓު ދިނުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވެއެވެ. މާލޭގެ ހުރިހާ ސްކޫލެއްގައި ހެން ވޯޓުލުމަށްޓަކައި ވޯޓު ފޮށިތައް ވަނީ ބަހައްޓައިފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.