1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހެލިކޮޕްޓަރުގެ ބަދަލުގައި ބަލިމީހުން އުފުލުމަށް މޯލްޑިވިއަންގެ ޑޭޝް 8 ބޭނުންކުރަން ފަށަނީ!

8dae
ފޮޓޯ: ސަން
ޝަފްޢަތު ، ހުވަދޫ މީޑީއާ
2,620ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޑިއާގެ އުޅަނދުތައް ބޭނުން ކުރުން ހުއްޓާލާ، މާރޗް މަހުން ފެށިގެން ބަލިމީހުން އުފުލާނީ މޯލްޑިވިއަންގެ ބޯޓުތައް ބޭނުން ކޮށްގެންކަމުގައި ރައީސް މުއިއްޒު ވިދާޅު ވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މާރިޗް މަހުން ފެށިގެން އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާގެ ބޭނުން ކޮށްގެން ބަލިމީހުން އުފުން މަޑުޖައްސާލަން ނިންމާފައިވާ ކަމުގައެވެ.

300 × 250

"ބަލިމީހުން އުފުލަން އެއާ އެމްބިއުލާންސް މާޗުގައި އިރާދަކުރެއްވިއްޔާ އުދުހެން ފަށާނެ. ހެލިކަޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން. ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލު ކުރުމުގެ މަސައްކަތް އެ ވަނީ ފެށިފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަލިމީހުން އުފުލުމަށް ބޭނުންކުރުމަށް ހަމަޖެހިފައިއިވާ މޯލްޑިވިއަންގެ ޑޭ-8 މަރަކައިގެ ފްލައިޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ރައީސް ވިދާޅުވީ އިންޑިއާގެ އުޅަނދުގެ ބަދަލުގައި ބަލި މީހުން އުފުލަން ދެން ބޭނުން ކުރާނީ މޯލްޑިވިއަންގެ ޑޭ-8 މަރުކައިގެ ފްލައިޓެއް ކަމަށެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • މުހައްމަދު

    ހެލިކޮޕްޓަރެއް ގަންނަ ވަރު ރާއްޖެގަ ނެތީތަ

ގުޅުންހުރި