1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންތިހާބު ކާމިޔާބުކޮށް މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް އާޒިމް

pillay
އާޒިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -ފޮޓޯ: ސަންގު
ޝަފްޢަތު ، ހުވަދޫ މީޑީއާ
387ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަދު ބޭއްވި މާލޭ ސިޓީގެ މޭޔަރު ހޮވުމުގެ ބައި އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބުކޮށްފިއެވެ.

މިހާތަނަށް ގުނުނު ވަގުތީ ނަތީޖާއިން ދައްކާ ގޮތުަގައި އާޒިމް އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ބޮޑު ތަފާތަކުންނެވެ. އާޒިމާއި އެންމެ ގާތުން ވާދަކުރީ، ސަރުކާރު ކޯލިޝަން ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު ޢާޒިމާ ޝަކޫރެވެ.

މި އިންތިޚާބުގައި އާޒިމް ކާމިޔާބު ކޮށްފިކަން ހާމަވެފައި ވަނީ މީޑިއާތަކުން އެއްކުރާ ވަގުތީ ނަތީޖާއިންނެވެ.

300 × 250

އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިލެކްޝަންސް ކޮމިޝަނުންވެސް އިޢުލާނު ކުރާނެއެވެ.

މާލޭގެ މޭޔަރކަމުގެ އިންތިހާބުގައި ޖުމްލަ 5 ކެންޑިޑޭޓަކު ވާދަ ކުރެއްވިއެވެ. އެއީ:

  1. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު، ޝުއައިބު އަލީ
  2. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު، ހުސައިން ވަހީދު
  3. ޕީއެންސީގެ ކެންޑިޑޭޓު، އައިޝަތު އާޒިމާ ޝަކުރޫ
  4. އެމްޑީޕީގެ ކެންޑިޑޭޓު، އާދަމް އާޒިމް
  5. ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު، ސައިފް ފާތިހު

މި އިންތިހާބުގައި 54،680 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. 58 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މިހާތަނަށް އައިރު ގުނި 40 ފޮށިން، އާޒިމްއަށް 45 އިންސައްތަ ލިބިވަޑައިގެންފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 29 ޕަސެންޓް ވޯޓެވެ. މި އިންތިހާބުގައި ބެހެއްޓީ 55 ވޯޓު ފޮށްޓެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި