ދިވެހި ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމަކީ މިއަދުގެ ސަރުކާރު ކަންބޮޑުވާނެ ކަމެއް ކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިިދާޅުވެއްޖެއެވެ. ނާޒިމް މިހެންވިދާޅުވީ މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައިެވެ. އެބައްދަލު ވުމުގައި ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން އެތަންތަނުގެ ހިންގުމަށް ހަރަދު ކުރަން ނުޖެހި ފައިދާ ގައި ހިންގާ ކުންފުނިތަކަކަށް ހެދުމަށް ސިޔާސަތުތަކެއް އެކަށައެޅުމާ ގުޅޭގޮތުން ހުށަހެޅި ކަރުދާހާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވިދާޅުވީ ދައުލަތުގެ ވަރަށް ގިނަ ކުންފުނިތަކުން ހަރަދު ބޮޑުކޮށް ފޫ ނުބެދޭ ގޮތަށް ހިންގަމުންދާކަމީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށްޓަކައި ސިޔާސަތުތަކެއް އެކުލަވާލުމުގެ ގޮތުން ފިނޭންސުން ހުށަހެޅި ކަރުދާހާ ބެހޭ ގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާ ކުރެވި ނިންމުންތަކެއް ނިންމައިފައެވެ.

"މިއަދު ކެބިނެޓަށް ހުށަހެޅުނު ކަރުދާސް ހުށަހެޅުނީވެސް، ދައުލަތުގެ ކުންފުނިތަކުގެ ވަރަށް ބޮޑެތި ދަރަނި ހުރުމާއި އެދަރަނި ކުޑަކުރުން ނުވަތަ މާލީ ފައިދާ ވާ ކުންފުނިތަކެއްގެ ގޮތުގައި އެކުންފުނިތައް ހިންގުމަށްޓަކައި ސިޔާސަތުތަކެއް ތަންފީޒުކުރުމަށްޓަކައި ހުށަހެޅުނު ކަރުދާހެއް، އެއީ ރައީސް ޑރ މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި، ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީވެ. އެއީ ދިވެހި ރައްޔިތުން ކަންބޮޑުވާ ކަމަކަށް ވާތީވެ، ދިވެހި ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމަކީ މިއަދުގެ ސަރުކާރު ކަންބޮޑުވާނެ ކަމަކަށްވާތީވެ. އަދި ސިޔާސަތުތަކުގެ ތެރޭގައި އެކަން އެކުލަވާލެވިފައިވާތީވެ." ނާޒިމް ވިދާޅުވިއެވެ.

ކުންފުނިތަކުގެ މިފަދަ ކަންކަމަށް ހައްލެއް ހޯދުމަށްޓަކައި ސިޔާސަތުތަކެއް އެކުލަވާލުމުގެ ގޮތުން ފިނޭންސުން ހުށަހެޅި ކަރުދާހާ ބެހޭ ގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާ ކުރެވި ނިންމުންތަކެއް ނިންމައިފައެވެ.